މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
އިޢުލާން
މިއޮތޯރިޓީން ދޫކުރާ އެއްގަމުއުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމަށްޓަކައި ކުރަންޖެހޭ ޢަމަލީ ޓެސްޓް ކުރާނެ އެގްޒަމިނަރުން ބޭނުންވެއެވެ. އިމްތިޙާން އޮންނާނީ މިއޮތޯރިޓީން ކަނޑައަޅާ ވަގުތުތަކުގައި ކަނޑައަޅާ ތަނެއްގައެވެ. މިމަސައްކަތަކީ އެހެން ވަޒީފާއެއްގައި އުޅެމުން ޕާޓްޓައިމްކޮށް ކުރެވިދާނެ މަސައްކަތެކެވެ. މިފުރުޞަތު ދެޖިންސުގެ މީހުންނަށްވެސް ވަނީ ހުޅުވާލެވިފައެވެ.
ބޭނުންވާ އަދަދު: 20
ޝަރުޠު
- ފާއިތުވި 5 އަހަރުގެ ދުވަހުގެ ތެރޭގައި ޓްރެފިކް ވައެލޭޝަން ކުށެއްކޮށްފައިވާކަން ސާބިތުވެފައި ނުވުން އަދި ޖިނާއީ ކުށެއްކޮށްފައިވާ މީހަކު ކަމުގައި ނުވުން.
- ފުރިހަމަކޮށްފައިވާ ކުށުގެ ރިކޯޑް ފޯމު.
- ދޫކުރި ތާރީޚުން ފެށިގެން މަދުވެގެން 5 އަހަރު ދުވަސް ވެފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން.
- ޢުމުރުން 55 އަހަރު ނުވާ މީހެއްކަމުގައިވުމާ ރަނގަޅު ޞިއްޙަތެއްގައި ހުރުން.
- ޓްރާންސްޕޯޓް އޮތޯރިޓީގައި ވަޒީފާއަދާކުރާ މީހެއްކަމުގައި ނުވުން.
- ޑްރައިވިންގ ސްކޫލެއްގަ އެއްވެސް ހައިސިއްޔަތަކުން މަސައްކަތް ކުރާ މީހެއް ކަމުގައި ނުވުމާއި ވޭތުވެދިޔަ 1 އަހަރު ދުވަހުގެ ތެރޭގައި ޑްރައިވިންގ ސްކޫލެއްގައި މަސައްކަތްކޮށްފައި ނުވުން.
- އުޖޫރަ: ޓެސްޓް ކުރާ ކޮންމެ A,A1 ކެޓެގަރީގެ އުޅަނދަކަށް -/15 ރުފިޔާ. އެހެނިހެން ކެޓެގަރީގެ ޓެސްޓް ކުރާ ކޮންމެ އުޅަނދަކަށް -/25 ރުފިޔާ.
ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވަ ބޭފުޅުން 17 މާރިޗު 2015 ވަނަ ދުވަހުގެ 14:30 ގެ ކުރިން ވަނަވަރާއިއެކު ސިޓީއަކުން މިއޮތޯރިޓީއަށް ހުށަހެޅުއްވުން އެދެމެވެ.
6 ޖުމާދަލްއޫލާ 1436
25 ފެބުރުވަރީ 2015
ހޯދާ