ދިވެހިރާއްޖެ
އިޢުލާން ނ.ހެނބަދޫއިން ކުލަބް ނުވަތަ މަދަނީ ޖަމިއްޔާ ޖަމާޢަތްތަކަށް ބިންދޫކުރުމާއި ގުޅޭ ނ.ހެނބަދޫގައި ދެމެހެއްޓެނިވިގޮތެއްގައި އިޖުތިމާޢީ ޙަރަކާތްތައް ހިންގާ ކުރިއެރުވުމަށްޓަކައި ޖަމުއިއްޔާ ޖަމާއަތްތަކަށް ބިން ދޫކުރުމަށް ހުޅުވާލަމެވެ. މި ބީލަމުގައި ބައިވެރިވެވޭނީ ޤާނޫނު ނަންބަރ 2023/3 (ޖަމްޢިއްޔާތަކުގެ ޤާނޫނު) އަދި ޤަވާއިދު ނަންބަރ R-180/2015 ގެ ދަށުން މިނިސްޓްރީ އޮފް ޔޫތް، އެންޑް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ޖަމުޢިއްޔާ ތަކުގެ ދަފްތަރުގައި ރަޖިސްޓްރީ ކުރެވިގެން ހެނބަދޫގައި ހިންގާ ޖަމްޢިއްޔާ ޖަމާއަތްތަކަށެވެ. މި ބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ޚާއްސަކޮށް ތައްޔާރުކުރެވިފައިވާ މަޢުލޫމާތު ކަރުދާހާއި، ޖަމްޢިއްޔާ ޖަމާއަތްތަކަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިން އޮތް ސަރަހައްދު އަންގައިދޭ ޗާޓާއި ކުލަބް ނުވަތަ މަދަނީ ޖަމިއްޔާތަކަށް ނ.ހެނބަދޫއިން ބިން ދޫކުރުމުގައި އަމަލުކުރާނެގޮތުގެ އުސޫލް (ގެޒެޓްކުރެވިފައިވާ) އެއްކަރުދާސްކޮށް ޝާއިރުކުރަމެވެ. ބީލަމުގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް މައުލޫމާތު ސެޝަން އަދި ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 09 ރަބީޢުލްޢޫލާ 1445 24 ސެޕްޓެމްބަރ 2023 |