ފެމިލީ ކޯޓް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ވެބްސައިޓް މެއިންޓެއިން ކޮށްދެއްވުމަށް
އަންދާސީހިސާބު ބޭނުންވެއްޖެ.
ފެމިލީ ކޯޓުގެ ވެބްސައިޓަށް ގެންނަންޖެހޭ ބައެއް ބަދަލުތައް ގެނެސް، 01 (އެކެއް) އަހަރު ދުވަހަށް ވެބްސައިޓް މެއިންޓެއިން ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު A3/2015/23-ފ146 (12 ފެބުރުވަރީ 2015) އިޢުލާނާ ގުޅިގެން އެކަށީގެންވާ އަދަދަކަށް އަންދާސީހިސާބު ހުށަހަޅުއްވާފައިނުވާތީ، އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2015 މާރިޗު 08 ވަނަ ދުވަހުގެ 11:00އަށް މި ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 މާރިޗު 12 ވަނަ ދުވަހުގެ 11:00އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކޮށް އަދި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ފެމިލީކޯޓުގެ (ޖަސްޓިސް ބިލްޑިންގގެ ފުރަތަމަ ފަންގިފިލާ) ކޮންފަރެންސް ރޫމަށެވެ.
07 ޖުމާދަލްއޫލާ 1436
26 ފެބުރުވަރީ 2015
ހޯދާ