ހުޅުމާލެ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ހުޅުމާލެ މެޖިސްޓްރޭޓު ކޯޓުގައި ހުރި ބާވެ ހަލާކުވެފައިވާ ތަކެތި ނީލަން ކިއުން

މި ކޯޓުގެ ނަންބަރު: HMC/2023/7 (12 ސެޕްޓެމްބަރު 2023) އިޢުލާނާ ގުޅިގެން، 23 ސެޕްޓެމްބަރު 2023 ވަނަ ދުވަހުގައި ބޭއްވުނު ނީލަންކިޔުމުގައި ނީލަން ނުކިޔައި ދޫކޮށްލާފައިވާ ތަކެތި އަލުން ދެވަނަ ފަހަރަށް ދުވަހު ނީލަން ކިޔުން 2023 އޮކްޓޯބަރު 07 ވަނަ ހޮނިހިރު ދުވަހުގެ 15:00 ގައި މި ކޯޓުގައި އޮންނާނެއެވެ.

މި ތަކެތި ބަލަން ބޭނުންވާ ފަރާތްތަކުން 2023 އޮކްޓޯބަރ 05 ވާ ބުރާސްފަތި ދުވަހުގެ 15:00 އަށް މި ކޯޓަށް ޙާޟިރުވުން އެދެމެވެ. ނީލަން ކިއުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތު އަދި ނީލަން ފެށޭ އަގު މި އިޢުލާނާއެކު އެއްފަތްކުރެވިފައިވާނެއެވެ.

ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން 2023 އޮކްޓޯބަރު 07 ވާ ހޮނިހިރު ދުވަހުގެ މެންދުރުފަހު 15:00 އަށް މި ކޯޓަށް ޙާޟިރުވެ ނީލަމުގައި ބައިވެރިވުން އެދެމެވެ.

ނީލަން ކާމިޔާބު ކުރާ ފަރާތުން ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި، ނީލަން ކިއުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސުގެ ބަނޑޭރިޕޯޓަލް  https://bandeyripay.finance.gov.mvމެދުވެރިކޮށް ދެއްކުމަށްފަހު ސަރުކާރު ބާންދު ނޫން 3 ދުވަހުގެ ތެރޭގައި ތަކެތި ގެންދަންވާނެއެވެ. އަދި މިކަމާބެހޭގޮތުން އިތުރު މަޢުލޫމާތު އޮޅުންފިލުވުމަށް މި ކޯޓުގެ ނަންބަރު 3350578 ފޯނަށް ގުޅުއްވުން އެދެމެވެ.

08 ރަބީޢުލްއައްވަލް 1445

23 ސެޕްޓެމްބަރު 2023

23 ސެޕްޓެންބަރު 2023
ހޯދާ