މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހަކަތަ ސަމަކާރަ ލޭބަލިންގ ޕްރޮގްރާމު (ހަކަތަރި) – ދެވަނަ އިސްލާހް

 ކަރަންޓު އާލާތްތަކުގައި ހުންނަ ހަކަތަ ސަމަކާރަ މިންވަރު ދެނެގަނެވޭނެ ލޭބަލު ޖެހުމުގެ ޕްރޮގްރާމު، "ހަކަތަރި" ޕްރޮގްރާމަށް ވަނީ 2 ވަނަ އިސްލާޙު ގެނެސްފައެވެ. މިގޮތުން އައިސް އަލަމާރި ރަޖިސްޓަރ ކުރުމަށް ހުށަހަޅަންޖެހޭ "ފޯމު 3" އިން 'ޕުލް ޑައުން ޓެމްޕަރޭޗަރ ޓެސްޓު" މިހާރު ވަނީ އުނިކޮށްފައެވެ. އެހެންކަމުން މިހާރު ފޯމު 3 އާއެކު ހުށަހަޅަން ޖެހޭނީ ހަމައެކަނި އެނަރޖީ ކޮންސަމްޕްޝަން ޓެސްޓުގެ ނަތީޖާ ކަމުގައި ދަންނަވަމެވެ.

ނަމަވެސް، ހަކަތަރި ޕްރޮގްރާމުގެ ދަށުން އައިސް އަލަމާރިއަށް ލޭބަލު ދިނުމުގައި އަމަލުކުރާ ފަންނީ މިންގަނޑުތަކާއި، މިނިމަމް ސްޓެންޑަޑް ތަކާއި، ހަކަތަ ސަމަކާރަ މިންވަރު ކަނޑައެޅުމުގައި އަމަލުކުރާގޮތަށް ބަދަލު ގެނެސްފައި ނުވާ ވާހަކަ ވެސް ދަންނަވަމެވެ.

މި ޕްރޮގްރާމާ ގުޅޭ އެންމެފަހުގެ މަޢުލޫމާތު މި އިޢުލާނާއެކުގައިވާ "Energy Efficiency Labelling Program" ކަރުދާހުގައި ހިމަނާފައިވާނެއެވެ.

މި ޕްރޮގްރާމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected]   އަށް އީ-މެއިލް ކުރެއްވުން އެދެމެވެ.

 

21 ސެޕްޓެމްބަރ 2023

21 ސެޕްޓެންބަރު 2023
ހޯދާ