ސެންޓަރ ފޮރ އޯޕަން ލާރނިންގ
ދިވެހިރާއްޖެ
ސްޓަޑީގައިޑް ލިޔުމަށް

ސްޓަޑީގައިޑް ލިޔުމަށް ބޭނުންވެއްޖެ

މިސެންޓަރުން ހިންގާ ތިރީގައި ދެންނެވިފައިވާ ކޯސްތަކުގެ ބައެއް މާއްދާތަކަށް ސްޓަޑީގައިޑް ލިޔަން ބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތް ކޮށްދެވިދާނެ ފަރާތްތަކުން 09 މާރިޗު 2015 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް މިސެންޓަރަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 11 މާރިޗު 2015 ވާ ބުދަ ދުވަހުގެ މެންދުރުފަހުގެ 14:00 އަށް މިސެންޓަރަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. މަޢުލޫމާތު ސެޝަނަށް ހާޒިރުނުވެ، ފަހުން މަޢުލޫމާތު ކަރުދާސް ގެންދާ ފަރާތްތަކަށްވެސް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވޭނެއެވެ. ނަމަވެސް، އަންދާސީހިސާބު ބަލައިގަނެވޭނީ އެކަމަށް ކަނޑައެޅިފައިވާ ގަޑީގައި އެކަންޏެވެ.

 

ކޯސް

މާއްދާ

1

ބެޗްލަރ އޮފް ޓީޗިންގ އިސްލާމް

ޤުރުއާން-3

ފިޤްހު އޮފް ވޯޝިޕް-2 (އަޅުކަމުގެ ފިޤްހު)

ޢަރަބި ބަސް-3

2

ބެޗްލަރ އޮފް އެޑިޔުކޭޝަން - ޕްރައިމަރީ

ސޯޝަލް ސައިންސް-1

ފިޒިކަލް އެޑިޔުކޭޝަން

ލާރނިންގ އެންޑް ޓީޗިންގ ސައިންސް

3

ބެޗްލަރ އޮފް ނަރސިންގ

އެވިޑެންސް ބޭސްޑް ނަރސިންގ

4

މާސްޓަރސް އޮފް ސޯޝަލް ޕޮލިސީ

ޕޮލިސީ އެނަލިސިސް އެކްސަރސައިޒް

މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުނަމަ އޮފީސް ގަޑީގައި 3345192 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

07 ޖުމާދަލްއޫލާ 1436

26 ފެބުރުވަރީ 2015
ހޯދާ