ދިވެހިރާއްޖެ
މިކޯޓުގެ ވަށާފާރު އަމިއްލަ ތަކެތީގައި މަރާމާތުކޮށްދިނުމުގެ ފަރާތެއް ހޯދުމަށް ކުރެވުނު މިކޯޓުގެ ނަންބަރު: B3C-A/2023/03 އިޢުލާނާ ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ، މިމަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.
1. މިކޯޓުގެ ތިރީގައިވާ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
1.1. ހދ.ހަނިމާދޫ މެޖިސްޓްރޭޓް ކޯޓުގެ ވަށާފާރު މަރާމާތުކުރުން
2. މި މަސައްކަތް ހުޅުވާލެވިފައިވަނީ ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކަށެވެ.
2.1- ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ތިރީގައި ބަޔާންކުރާ ފަރާތްތަކުގެ ތެރެއިން 2.2 ގައި ބަޔާންކުރާ ފަރާތްތަކަށެވެ.
I. ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތައް.
II. ޕާޓްނަރޝިޕް ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ޕާޓްނަރޝިޕްތައް.
III. ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކޯޕަރޭޓިވް ސޮސައިޓީތައް.
IV. އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތައް.
2.2- 2.1 ގައި ބަޔާން ކުރާ ދިވެހި ވިޔަފާރިތައް.
- މިމަސައްކަތާ ގުޅޭ ތަފްޞީލް މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2023 ސެޕްޓެންބަރު 25 ހޯމަ ދުވަހުގެ 11:00 ގައި މިކޯޓު (ހދ. ހަނިމާދޫ މެޖިސްޓްރޭޓް ކޯޓު) ގައެވެ.މައުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޙާޟިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ.
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ 2023 އޮކްޓޫބަރު 08 ވާ އާދީއްތަ ދުވަހުގެ 11:00 ގައި މިކޯޓު (ހދ. ހަނިމާދޫ މެޖިސްޓްރޭޓް ކޯޓު) ގައެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ހދ. ހަނިމާދޫ މެޖިސްޓްރޭޓް ކޯޓު، ހދ. ހަނިމާދޫ / ދިވެހިރާއްޖެ ،ފޯން: 6520073 / 6520074
އީ-މެއިލް: [email protected]
06 ޞަފަރު 1445
21 ސެޕްޓެންބަރު 2023