ދިވެހިރާއްޖެ
މަޤާމު: އެސިސްޓެންޓް ކްރިއޭޓިވް ޑިޒައިނަރ
މަޤާމުގެ ކްލަސިފިކޭޝަން: އޮފިސަރ
ޑިޕާރޓްމަންޓް: ބިޒްނަސް ޑިވެލޮޕްމަންޓް، ސޭލްސް އެންޑް މާރކެޓިންގ ޑިޕާރޓްމަންޓް
ޝެކްޝަން: މާރކެޓިންގ އެންޑް އިންވެސްޓަރ ރިލޭޝަންސް ޝެކްޝަން
އަދަދު: 01
ތަޢުލީމީ ފެންވަރާއި ތަޖުރިބާ:
- މަސައްކަތާ ގުޅޭ ދާއިރާއަކުން ޑިޕްލޮމާއެއް ނުވަތަ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް (މަސައްކަތާ ގުޅޭ ދާއިރާއަކުން) ހާސިލުކޮށްފައިވުން.
މަޤާމުގެ މަސްއޫލިއްޔަތު:
- އެޗް.ޑީ.ސީ އިން ހިންގާ އެކިއެކި މަޝްރޫޢުތަކާއި ހަރަކާތްތައް އިޝްތިހާރުކޮށް މާކެޓްކުރުމަށް ތައްޔާރުކުރަންޖެހޭ ލިޔެކިޔުންތަކާއި ޑިޒައިންތައް އެކުލަވައިލުމާއި، ކުންފުނީގެ އެހެނިހެން ޑިޕާޓްމަންޓްތަކާއި ކޮމިޓީތަކުން ހިންގާ ހަރަކާތްތަކަށް ބޭނުންވާ ގްރެފިކް ޑިޒައިންތައް ތައްޔާރުކޮށް ކުންފުނީގެ މަޤްޞަދުތައް ހާސިލުކުރުމުގައި އެހީތެރިވެދިނުން.
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތަކާއި ޒިންމާތައް:
- އެޗް.ޑީ.ސީ އިން ހިންގާ މަޝްރޫޢުތައް އިޝްތިހާރުކޮށް މާކެޓްކުރުމަށް ބޭނުންވާ ގްރެފިކަލް ޑިޒައިންތަކާއި ލިޔެކިއުންތައް ބިޒްނަސް ޑިވެލޮޕްމަންޓް ޑިޕާރޓްމަންޓްގެ ވެރިޔާގެ ލަފާގެ މަތިން ތައްޔާރުކުރުން.
- އެޗް.ޑީ.ސީގެ ކޯޕަރޭޓް ވެބްސައިޓް އަޕްޑޭޓްކޮށް ބެލެހެއްޓުން.
- މިކޯޕަރޭޝަންގެ އެހެނިހެން ޑިޕާރޓްމަންޓްތަކާއި ކޮމެޓީތަކުން ހިންގާ ހަރަކާތްތަކަށް ބޭނުންވާނޭ ފަރުމާތަކާއި އެހެނިހެން ތަކެތި ތައްޔާރުކުރުމުގައްޔާއި އެފަދަ ހަރަކާތްތަށް ހިންގުމުގައި އެޑިޕާޓްމަންޓްތަކާއެކު މަސައްކަތްކުރުން.
- އަދި މީގެއިތުރުން މަޤާމުގެ މަސައްކަތުގެ ތެރޭގައި ފޮޓޯގްރެފީ، ވީޑިއޯގްރެފީ މަސައްކަތާއި ކޮންޕިއުޓަރ އެޑެޑް ޑިޒައިންފަދަ މަސައްކަތްތައް ކުރުން ހިމެނެއެވެ.
ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލުކަން:
- ފޮޓޯގްރެފީ، ވީޑިއޯގްރެފީ އަދި ކޮންޕިއުޓަރ އެއިޑެޑް ޑިޒައިން ފަދަ މަޤާމާ ގުޅުންހުރި ހުނަރުތައް ހުރުން.
- ޕްރެޒެންޓޭޝަން ތައްޔާރުކުރުމުގެ ހުނަރު.
- ޑިޒައިން ސޮފްޓްވެއާރތައް ފަރިތަކަމާއިއެކު ބޭނުންކުރަން އެނގުން. (އެޑޯބް އިލުސްޓްރޭޓަރ، ފޮޓޯޝޮޕް، އިން ޑިޒައިން ފަދަ ސޮފްޓްވެއަރތައް)
- އުފެއްދުންތެރި ޚިޔާލުތަކުގެ އަލީގައި ގްރެފިކްސް އާއި ލިޔެކިއުންތައް ތައްޔާރުކުރެވޭނެ ފަރާތަކަށްވުން.
- ދިވެހި ބަހާއި އިނގިރޭސި ބަހުން ރަނގަޅަށް މުޢާމަލާތް ކުރަން އެނގުން.
- އެކަށީގެންވާ ބަޖެޓް މެނޭޖްމަންޓް އަދި ކަލްކިއުލޭޝަންގެ ހުނަރު ހުރުން.
މުސާރަ: 6200.00ރ (އެލަވަންސްތަކާއެކު މަދުވެގެން 10930.00 ރުފިޔާ ލިބޭނެއެވެ.)
އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭ ނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެއެވެ.
މި ވަޒީފާތަކަށް މުވައްޒަފުން އައްޔަންކުރެވޭނީ 1 (އެކެއް) އަހަރު ދުވަހަށް، ކޮންޓްރެކްޓް އުސޫލުންނެވެ. އަދި އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓް ހަމަވުމުން މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ބަލައި، އެކަށީގެންވާ ފެންވަރަކަށް މަސައްކަތްކޮށްފައިވާނަމަ ކުންފުނީގެ އުސޫލްތަކާއި އެއްގޮތްވާ ގޮތުގެމަތިން ވަޒީފާ ދާއިމީ ކުރެވޭނެއެވެ.
މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު ވަނަވަރާއި އަދި އެޓެސްޓެޑް ސެޓްފިކެޓްތަކުގެ ކޮޕީ، ކުރިން ވަޒީފާއަދާކޮށްފައިވާ ތަންތަނުގެ ރިފަރެންސް ސިޓީތަކުގެ ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަކަލާއެކު 5 މާރިޗު 2015 ވާ ބުރާސްފަތި ދުވަހުގެ 14:30 ގެ ކުރިން މިއޮފީހަށް ފޮނުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މިކޯޕްރޭޝަނުގެ މައިއޮފީހުންނާއި މާލެއޮފިހުން އަދި މިކޯޕަރޭޝަންގެ ވެބްސައިޓް www.hdc.com.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
މާލެ އޮފީސް:
1 ވަނަ ފަންގިފިލާ،އެމް.ޓީ.ސީ.ސީ ފެރީ ޓާރމިނަލް
މާލެ، ދިވެހިރާއްޖެ
ފޯނު: 3336755
ފެކްސް: 3335892
ނުވަތަ،
މައި އޮފީސް:
3 ވަނަ ފަންގިފިލާ،އެޗް.ޑީ.ސީ ބިލްޑިންގ
ހުޅުމާލެ، ދިވެހިރާއްޖެ
ފޯނު: 3353535
ފެކްސް: 3358892