ނޫރާނީ ސްކޫލް، ސ. ހިތަދޫ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

މުވައްޒަފުން ބޭނުންވެއްޖެ:

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

2 (ދޭއް)

 

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

- ސްކޫލަށް ލިބޭ ފައިސާއާއި ޚަރަދުކުރެވޭ ފައިސާގެ ހިސާބު ބެލެހެއްޓުމާއި، އެކަމާގުޅޭ އެންމެހައި ލިޔުންތަކާއި ރިޕޯޓްތައް ތައްޔާރުކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުން. 

- އިދާރީ ލިޔެކިޔުންތައް ލިޔުމާއި، މުއައްޒަފުންނާ ގުޅޭ ލިޔުންތައް ބެލެހެއްޓުމާއި، އެންމެހައި ރަޖިސްޓްރީތައް ތައްޔާރުކޮށް ލިޔެ ބެލެހެއްޓުން.

ކުލެސިފިކޭޝަނާއި ރޭންކް:

އޮފިސަރ ގްރޭޑް 1  

މަސައްކަތްކުރަންޖެހޭ އޮފީސް:

ނޫރާނީ ސްކޫލް

މަސައްކަތް ކުރަންޖެހޭ ރަށް:

ހިތަދޫ /  އައްޑޫސިޓީ

ދާއިމީ މަޤާމުގެ ޝަރުޠު:

މި މަޤާމްތަކަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ހޮވޭ ފަރާތްތަކުގެ މަޤާމް ހަމަޖައްސާނީ، ތިރީގައިމިވާ ގޮތަށް އެފަރާތަކަށް ލިބިފައިވާ ސެޓްފިކެޓެއްގެ ލެވެލަށް ބަލައިގެންނެވެ.

މަޤާމް

ރޭންކް

ކްލެސިފިކޭޝަން

ޝަރުޠު

މަޤާމުގެ އަސާސީ މުސާރަ

ސަރވިސް އެލަވަންސް

އެޑްމިން އޮފިސަރ

GS3

އޮފިސަރ ގްރޭޑް 1

- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑެއް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛

-އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓުގެ ދާއިރާއަކުން  ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.  

-/4465

-/1500

- އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

އިންޓަވިއުކުރުން:

* މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއުކުރުން އޮންނާނީ، 2015 މާރިޗުމަހުގެ 15 އއާއި 17 އާ ދެމެދުގެ ތާރީޚެއްގައި، މި ސްކޫލުގައެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

* ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި ފޯމު، މި ސްކޫލުގެ އޮފީހުންވެސް ލިބެންހުންނާނެއެވެ. )

* ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

* ސަރުކާރުގެ ވަޒީފާގައި ހުރި ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައިހުރި މުވައްޒަފަކު މި ވަޒީފާއަށް ހޮވިއްޖެނަމަ ބަދަލުވުމުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.

* ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް.

* ވަޒީފާއެއް އަދާކުރާ ފަރާތެއްނަމަ، ނުވަތަ ވަޒީފާއެއް އަދާކޮށްފައިވާ ފަރާތެއްނަމަ، ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ލިޔުމެއް.

* ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ ( ގުޅޭނެ ފޯނު ނަންބަރާއެކު)

ތަކެތި ހުށައަޅަންޖެހޭ އޮފީސް:

މި ވަޒީފާއަށް އެދި ހުށައަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ނޫރާނީ ސްކޫލަށެވެ. ފޯމާއި ތަކެތި ހުށައެޅުމުގެ ސުންގަޑިއަކީ، 2015 މާރިޗު 11 ވާ ބުދަ ދުވަހުގެ 15.00 ގެ ކުރިންނެވެ.

ނޯޓް:

ހ. މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލްކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

ށ. އިންޓަވިއުއަށް ހާޒިރުވާއިރު، ވަޒީފާއަށް ކުރިމަތިލުމަށް ހުށައެޅި ތަޢުލީމީ ސެޓްފިކެޓްތަކާއި އެހެނިހެން ލިޔުންތަކުގެ އަސްލު ސްކޫލަށް ހުށަހަޅަންވާނެއެވެ.

ނ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، 6885917 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

 7 ޖުމާދަލްއޫލާ 1436
26 ފެބުރުވަރީ 2015
ހޯދާ