ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ތިރީގައިމިވާ މަޤާމްތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމު:

އެކަޑަމިކް ކައުންސިލަރ

މަޤާމުގެ ރޭންކް:

އެމް.އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރަ:

މަހަކު -/7،035 ރުފިޔާ

ސަރވިސް އެލެވަންސް:

މަހަކު -/2،000 ރުފިޔާ

އިތުރު ގަޑި:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:

  ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން / މާލެ

މަޤާމުގެ އަސާސީ ޝަރުޠު:

1-މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާލިބިފައިވުން. ނުވަތަ؛

2-މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

4- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާގެ މައިގަނޑު މަސްއޫލިއްޔަތުތައް:

 

 

 

 

 

 

- އަލަށް އަންނަ ޓީޗަރުން ސްކޫލުގެ މާޙައުލަށާއި ކަލްޗަރއަށް އަހުލުވެރިކޮށްދިނުން.

- މުދައްރިސުންނާއި ދަރިވަރުން މެދުގައި ޖެހޭ މައްސަލަތައް ބަލައި، އެ މައްސަލަތަކަށް ޙައްލެއް ހޯދައިދިނުން.

- ދަށުން މާކްސް ލިބޭ ދަރިވަރުންނަށް ނަސޭހަތްތެރިވެ، ކިޔެވުން ރަނގަޅުކުރާނެ ގޮތަކާމެދު އެކުދިންނާ މަޝްވަރާކޮށް، އެކުދިންނަށް ކަންތައް ރާވާލައި، އެ ކުދިންނަށް އިރުޝާދު ދިނުން.

- ސްކޫލަށް ހާޒިރުނުވާ ދަރިވަރުންނާއި، ކްލާސްތަކަށް ހާޒިރީ ދަށް ދަރިވަރުންނަށް ނަސޭހަތްތެރިވެ، ބެލެނިވެރިންނާ ބައްދަލުކުރުން.

- ދަރިވަރުންނާ ދިމާވާ އެކި ކަހަލަ މައްސަލަތައް ޙައްލުކޮށްދިނުމަށް އެހީތެރިވުން ނުވަތަ ކައުންސިލިންގ ދިނުން.

- ދަރިވަރުންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް ޕްރޮގްރާމްތައް ރާވައިގެން، އެ ޕްރޮގްރާމުތައް ހިންގުން.

- ދަރިވަރުންގެ ކިޔެވުމާއި އަޚްލާޤާ ގުޅޭގޮތުން ބެލެނިވެރިންނާ މަޝްވަރާކުރަންޖެހޭ ޙާލަތްތަކުގައި މަޝްވަރާކުރުން.

- ޓީޗަރުންނަށް ކުރިމަތިވާ މައްސަލަތަކުގައި ޓީޗަރުންނަށް އެހީތެރިވެ، ކައުންސިލިންގއާއި އިރްޝާދު ދިނުން.

-   ކުރިމަތިވާ މައްސަލަތަކާއި،  އެކިއެކި ކަންތައްތަކުގައި ޕްރިންސިޕަލާ މަޝްވަރާކުރުން.

-  ދަރިވަރުންނާ ގުޅޭގޮތުން ސްކޫލުން ހިންގާ ހަރަކާތްތަކުގައި އަމިއްލަގޮތުން އިސްނަގައިގެން ބައިވެރިވުން.

ވަޒީފާއަށް  އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

މަޤާމު:

ސީނިއަރ ސްޕޯޓްސް ސުޕަވައިޒަރ

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް:

އެމް.އެސް 1

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރަ:

މަހަކު -/5،610 ރުފިޔާ

ސަރވިސް އެލެވަންސް:

މަހަކު -/2،000 ރުފިޔާ

އިތުރު ގަޑި:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:

ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން / މާލެ

 

މަޤާމުގެ އަސާސީ ޝަރުޠު:

 

 

 

1. މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއި، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

3- މަޤާމުގެ މަސައްކަތާ ގުޅޭ ދައިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

 

 

 

ވަޒީފާގެ މައިގަނޑު މަސްއޫލިއްޔަތުތައް:

 

 

 

 

 

  1. ކުރިއަށް އޮންނަ އަހަރަށް ސްކޫލުގެ ކުޅިވަރު ކަލަންޑަރު، ވެރިން އަންގަވާ މުއްދަތަކަށް، ވެރިންގެ ލަފާގެމަތިން ތައްޔާރުކުރުން.
  2. އިންޓަރ ހައުސް ކުޅިވަރު މުބާރާތްތަކާއި، އިންޓަރ ކްލާސް ކުޅިވަރު މުބާރާތްތައް، ސްކޫލުގެ ކުޅިވަރު ކަލަންޑަރާ އެއްގޮތަށް ރާވައި ހިންގުން.
  3. އިންޓަރ ސްކޫލް ކުޅިވަރު މުބާރާތްތަކަށް ކުދިން ފަރިތަކުރުވައި، އެ މުބާރާތްތަކަށް ކުދިން ހޮވުމާއި، މިފަދަ މުބާރާތްތައް ހިނގަމުންދާ ދުވަސްތަކުގައި ސްކޫލުން ކުރައްޖެހޭ ކަންތައްތައް، ވެރިންނާ މަޝްވަރާކޮށްގެން ދުވަހުން ދުވަހަށް ކުރުން.
  4. ކުޅިވަރު ޕްރެކްޓިސްތައް ޝެޑިއުލްކޮށް، ދަރިވަރުންނަށް ޕްރެކްޓިސްކޮށްދިނުމާއި، އެކުދިން ބެލެހެއްޓުން.
  5. ކުޅިވަރުގެ ކަންތައްތަކާ ބެހޭގޮތުން ބައްވާ އެންމެހައި ބައްދަލުވުންތަކުގައި ސްކޫލުގެ ފަރާތުން ބައިވެރިވުން.
  6. ކުޅިވަރުގެ ހަރަކާތްތަކަށް ބެނުންވާ ތަކެތި ސްޓޮކުން ނެގުމާއި، ފަރުވާތެރިކަމާއެކު އެ ތަކެތި ބެލެހެއްޓުން.
  7. ސްކޫލް ފެންވަރުގައްޔާއި އިންޓަރ ސްކޫލް ފެންވަރުގެ ތަފާތު ކުޅިވަރު މުބާރާތްތަކުގައި ބައިވެރިވާ ދަރިވަރުން   ކުޅޭ ހުރިހާ ވަގުތެއްގައި ކުޅޭތަނުގައި މަޑުކުރުން.
  8. މުބާރާތަށް ބޭނުންވާ ރެފްރީންނާއި އަންޕަޔަރުން ހޯދުން.
  9. އޮފީހުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

މަޤާމު:

މަސައްކަތު

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

މަޤާމުގެ ރޭންކް:  

އެސް.އެސް 1

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރަ:

މަހަކު -/3،100 ރުފިޔާ

ސަރވިސް އެލެވަންސް:

މަހަކު -/1،000 ރުފިޔާ

އިތުރު ގަޑި

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:

ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން / މާލެ

މަޤާމުގެ އަސާސީ ޝަރުޠު:

 ލިޔަން ކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު /ޤާބިލްކަން ލިބިފައިވުން.

ވަޒީފާގެ މައިގަނޑު މަސްއޫލިއްޔަތުތައް:

 

 

 

 

 

1- ސްކޫލުގެ އިމާރާތްތައް ކުނިކަހައި ސާފުކުރުން.

2- ސްކޫލުގެ ގޯތިތެރެއާއި، ސްކޫލް ހިމެނޭ ހިސާބުގެ މަގުމަތި ކުނިކަހައި ސާފުކުރުން.

3- ސްކޫލުގެ ފާޚާނާތައް ސާފުތާހިރުކޮށް ބެލެހެއްޓުން.

4- ސްކޫލުގައި ބޭއްވޭ ޙަފުލާތަކަށް ގޮނޑިޖަހައި ތައްޔާރުކުރުން.

5- ކުލާސްރޫމުތަކުގެ ޑެސްކުތައް ރާވައި ތަރުތީބުކުރުން.

6- ސްކޫލުން ހިންގާ އިމްތިޙާންތަކަށް ގޮނޑި މޭޒު ޖެހުން.

7- ދަރިވަރުންނާ ގުޅުންހުރި ކަންކަމުގައި ސްކޫލުން އަންގާ ގޮތެއްގެ މަތިން ކަންތައްތައްކުރުން.

މަޤާމު:

އެސިސްޓެންޓް ފޯމަން

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 2

މަޤާމުގެ ރޭންކް:

އެސް. އެސް 2

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރަ:

މަހަކު -/3،470 ރުފިޔާ

ސަރވިސް އެލެވެންސް:

މަހަކު -/1،000 ރުފިޔާ

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް:

ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން / މާލެ

މަޤާމުގެ އަސާސީ ޝަރުޠު
  1. މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެސް/ހުއްދައެއް/ސަނަދެއް ހާސިލުކޮށްފައިވުން.

 

ވަޒީފާގެ މައިގަނޑު މަސްއޫލިއްޔަތުތައް:

 

 

 

 

 

 

1. ސްކޫލުގެ ތަޅުދަނޑި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ނެގުމާއި އެޅުވުން.

2. މަސައްކަތު މުވައްޒަފުންގެ މަސައްކަތްތައް ބެލުން.

3. މަސައްކަތު މުވައްޒަފުންގެ މަސައްކަތް ކުރުމަށް ބޭނުންވާނޭ ސާމާނު ސްކޫލުގެ ބަޖެޓް އޮފީހާ ގުޅިގެން ހޯދުން.

4. މަސައްކަތު މުވައްޒަފުންގެ ޑިއުޓީ ހަދައި، ޑިއުޓީއަށް ގަވާއިދުން ނިކުމޭތޯ ބެލުން.

5. މަސައްކަތު މުވައްޒަފަކު ޗުއްޓީއެއް ނަގައިފިނަމަ ނުވަތަ ހާޒިރުނުވާ ދުވަހެއްގައި އޭނާއާ ސާފުކުރުމަށް ހަވާލުކުރެވިފައިވާ ތަންތަން، އެހެން މުވައްޒަފަކާ ހަވާލުކޮށްގެން ސާފުކުރުވުން.

6. ސްކޫލަށް ހޯދަންޖެހޭ ތަކެތީގެ އަގުބަލަން ދިއުން.

7. ސްކޫލުން ހަވާލުކުރެވޭ ތަކެތި ތަންތަނަށް ގެންދިއުމާއި، ތަންތަނުން ތަކެތި ގެނައުން.

8. ހަވާލުކުރެވިފައިވާ މަސައްކަތުގެ އިތުރުން، ސްކޫލުގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި މަސައްކަތްތައް ކުރުން.

ވަޒީފާއަށް  އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

އިންޓަރވިއުކުރުންް:

 

  • މި މަޤާމުތަކަށް މީހަކު ހޮވުމަށް އިންޓަވިއުކުރުން އޮންނާނީ، 2015 މާރިޗު 16 އާއި 19 އާ ދެމެދުގެ ތާރީޚެއްގައެވެ.
  • މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރަށާއި ތަޖުރިބާއަށާއި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީން ކަނޑައަޅާ ކްރައިޓީރިޔާއެއްގެ ދަށުން، ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަރވިއު ކުރެވޭނީ، ޝޯޓްލިސްޓް ކުރާއިރު ހޮވޭ ފަރާތްތަކާއެވެ.

 

ހުށަހަޅަންޖެހޭ ތަކެތި:

 

 

  1. ސިވިލް ސަރވިސްގެ ވަޒީފާ އަށް އެދޭ ފޯމު (މި ފޯމު، ބަންދު ނޫން ކޮންމެ ދުވަހެއްގެ 9.30 ން 14.00 އަށް މި ސެންޓަރުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ސެންޓަރުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އެޓެސްޓެޑް ކޮޕީ.
  3. އެކްރިޑެޓްކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

   4. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު /ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

   5. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ތައްގަނޑުޖަހާފައިވާ)

   6. ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ދޫކުރުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ތައްގަނޑުޖެހި ލިޔުމެއް   (އުޅެފައިވާ މަޤާމް، ރޭންކް، މުއްދަތު އެގޭނޭ ލިޔުމެއް ހުށަހެޅުން)

ކުރިމަތިލުމުގެ މުއްދަތާއި ކުރިމަތިލާނެ ގޮތް:  

މި މަޤާމްތަކަށް ކުރިލަތިލާން އެދޭފަރާތްތަކުން، މަތީގައިވާ ލިޔުންތަކާއެކު، 2015 މާރިޗު 11 ވާ ބުދަ ދުވަހުގެ މެންދުފަހު 14:00 ގެ ކުރިން މި ސެންޓަރަށް ހުށަހެޅުން އެދެމެވެ.

ނޯޓް:

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތަކުގެ އިންޓަވިއުއާއި ޕްރެޒްނޓޭޝަނަށް ބެލުމަށްފަހު، އެންމެ މަތީ މާކްސް ލިބޭ އަދި އެންމެ ޤާބިލް ފަރާތަށް މި ވަޒީފާ ހަމަޖައްސައިދެވޭނޭއެވެ. މި އިއުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި ސްކޫލުގެ  3321330 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

11 ޖުމާދަލްއޫލާ 1436

 

02 މާރިޗު 2015
ހޯދާ