ދިވެހިރާއްޖެ
ގދ. ފިޔޯރީ ބަދަރު ސަރަހައްދުން ވިޔަފާރި އުސޫލުން ބިން ކުއްޔަށް ދޫކުރުމަށް މި ކައުންސިލުން ކުރި، (IUL)422/422/2023/64 ނަންބަރ އިއުލާނާއި ގުޅިގެން، ބިން ކުއްޔަށް ހިފުމަށް އެކަށިގެންވާ ތަރުހީބެއް ލިބިފައިވާ ނުވާތީ އެ އިއުލާން ބާޠިލްކޮށް، އަލުން އަލުން އިއުލާން ކުރަމެވެ. އެގޮތުން ދޫކުރުމަށް ނިންމާފައިވާ ބިމުގެ ތަފްސީލް ތިރީގައި އެވަނީ އެވެ.
ބިމުގެ މުއްދަތު: 15 އަހަރު
ބިމުގެ ބޮޑުމިން: ޕޮލޮޓް 5 : 1848.49 އަކަފޫޓް
ޕޮލޮޓް 6 : 1790.04 އަކަފޫޓް
ދޫކުރުމަށް ނިންމާފައިވާ ބިމުގެ އަދަދު: 02
ވީމާ، ބީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 27 ސެޕްޓެމްބަރ 2023 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން އިދާރާގެ މެއިލް އެޑްރެހަށް، ([email protected]) އެއްކަރުދާސް ކުރެވިފައިވާ ރަޖިސްޓްރޭޝަން ފޯމް ފުރުވުއްމަށް ފަހު އީމެއިލް ކޮށް ދެއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށް މި މަސައްކަތާއި ގުޅޭ ލިޔެކިއުންތައް، ސްޕްޓް ކޮޕީ ފޯމެޓްގައި މެއިލް ކުރެވޭނެ އެވެ.
މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 3 އޮކްޓޯބަރ 2023 ވާ އަންގާރާ ދުވަހުގެ 13:00 ގެ ކުރިން، އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މި މެއިލް އަށް ފޮނުވޭ ސުވާލު ތަކުގެ ޖަވާބު 4 އޮކްޓޯބަރ 2023 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން އެ ފަރާތްތަކުގެ މެއިލް އަށް ފޮނުވޭނެ އެވެ.
ބީލަންތައް ބަލައިގަތުމާއި، ބީލަން ހުޅުވުން އޮންނާނީ 5 އޮކްޓޯބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.
އިތުރު މަޢުލޫމާތު
ގދ. ފިޔޯރީ ކައުންސިލުގެ އިދާރާ
ފޯން: 4002625
އީމެއިލް: [email protected]
ވީމާ، މިކަން ޢާއްމުކޮށް އަންގުމަށްޓަކައި އިއުލާން ކުރީމެވެ.
19 ސެޕްޓެމްބަރ 2023