ކ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ޕްރިންޓަރ

އިޢުލާން

މުވައްޒަފަކު ބޭނުންވެއްޖެ: 

 މަސައްކަތް ހަމަޖެހިފައިވާ ތަން: ކ. އަތޮޅު މަދަރުސާ

 ބޭނުންވާ އަދަދު: 1 (އެކެއް) 

 ރަށް: ކ. ކާށިދޫ  

މަޤާމް

ރޭންކް

ކްލެސިފިކޭޝަން

ޝަރުޠު

މަޤާމުގެ އަސާސީ މުސާރަ

ސަރވިސް އެލެވަންސް

 

ޕްރިންޓަރ

SS 3

ސަޕޯޓް ސްޓާފް ގްރޭޑް 3

  1. މަޤާމަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސެއް/ ހުއްދައެއް/ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  1. މަޤާމުގެ މަސައްކަތުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

-/3875

-/1000

 

އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:            
1- ފޮޓޯކޮޕީއާއި ޕްރިންޓް ނެގުމަށް ހަވާލުކުރެވޭ ތަކެތި ދުވަހުން ދުވަހަށް ޕްރިންޓް ނެގުމާއި، ޕްރިންޓް ނެގުމަށް ހަވާލުކުރެވޭ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން (ޓެސްޓާ ގުޅުންހުރި ލިޔުމެއްނަމަ، ފެންނަންޖެހޭ ފަރާތްނޫން އެހެން ފަރާތްތަކަށް އެތަކެތި ނުފެންނާނޭހެން ބެހެއްޓުން.)

2- އިދާރީ އެހެން މުވައްޒަފުން ހާޒިރުނުވާ ޙާލަތްތަކާއި، އެހެން ޙާލަތްތަކުގައި، އިދާރީގޮތުން ހަވާލުކުރެވޭ މަސައްކަތްކުރުން.

ސްކޫލުން ޕްރިންޓުކުރަންޖެހޭ ތަކެތި، ރައްކާތެރިކަމާއެކު ޕްރިންޓުކުރުން.

3- ސްކޫލުން ތައްޔާރުކުރާ ފޮތާއި ލީފުލެޓްފަދަ ތަކެތި ޕްރިންޓުކޮށް، އެ ތަކެތީގައި ހީރަސްޖަހައި، އެތަކެތި ބެލެހެއްޓުން.

4) ޕްރިންޓުކުރުމާބެހޭ އާލާތްތައް، ޤަވައިދުތަކާ އެއްގޮތަށް ބެލެހެއްޓުން.

5- ބައިންޑްކުރަންޖެހޭ އެންމެހައި ތަކެތި ބައިންޑްކޮށް، އެތަކެތި ބެލެހެއްޓުން.

 

އެހެނިހެން: އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  ތައުލީމާއި ތަމްރީން ލިބިފައިވާ މިންވަރު.

- މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.

- މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމާއި ސިފަތައް.

 

އިންޓަވިއުޢާއި، އިމްތިޙާންކުރުމާއި، ޕްރެކްޓިކަލްސް އޮންނާނެ ތާރީޚު:

މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު ކުރުން އޮންނާނީ، 2015 މާރިޗު 10 އާއި 16 އާ ދެމެދުގެ  ތާރީޚެއްގައިި ކ. އަތޮޅު މަދަރުސާގައެވެ.

*  މި ވަޒީފާއަށް އެދިފައިވާ ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒިފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރަށާއި، ތަޖުރިބާއަށާއި، މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީން ކަނޑައަޅާ ކްރައިޓީރިޔާއެއްގެ ދަށުން، ޝޯޓްލިސްޓު ކުރެވޭނެއެވެ. އިންޓަވިއު ކުރެވޭނީ، ޝޯޓްލިސްޓު ކުރެވޭއިރު ހޮވޭ ފަރާތްތަކާއެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

* ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި މަދަރުސާގެ އިދާރާއިން ލިބެން ހުންނާނެއެވެ.)

* އެކްރެޑިޓް ކުރެވިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

* ސަރުކާރުގެ ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައިހުރި މުވައްޒަފަކު މި ވަޒީފާއަށް ހޮވިއްޖެނަމަ ބަދަލުވުމުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.

*  ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީއެއް.

* ވަޒީފާއެއް އަދާކުރާ ފަރާތެއްނަމަ، ނުވަތަ ވަޒީފާއެއް އަދާކޮށްފައިވާ ފަރާތެއްނަމަ، ވަޒީފާގައި އޮތް މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރި މުއްދަތު އެނގޭ ލިޔުމެއް.

* ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ މި މަދަރުސާގެ އޮފީހަށެވެ. ފޯމާއި ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 މާރިޗު   9 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިންނެވެ.

ނޯޓް:

- މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި މަދަރުސާގެ 6640036 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

 

 6 ޖުމާދަލްއޫލާ 1436

25 ފެބުރުވަރީ 2015
ހޯދާ