ހައްދުންމަތީ ކަލައިދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
ގުދަނުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

         މި ކައުންސިލުންދޭ މަޢުލޫމާތާއި ކުރެހުމާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ކުނިކޮށީގެ ބޭނުންމަށް ހަދާ ގުދަނުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

         ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 24 ސެޕްޓެމްބަރ 2023 ވާ އާދީއްތަ ދުވަހުން ފެށިގެން 02 އޮކްޓޯބަރ 2023 ވާ ހޯމަ ދުވަހުގެ 13:00 ދެމެދުގެ ވަގުތެއްގައި، މި އިޢުލާނާއެކު ލިންކުގައިވާ ރެޖިސްޓްރޭޝަން ޝީޓްގެ ގޫގްލް ފޯމް ފުރުއްވުން އެދެމެވެ. މި ބީލަމުގައި ބައިވެރިވުމަށް  -/250 ރުފިޔާ (ދުއިސައްތަ ފަންސާސް ރުފިޔާ) ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. މަޢުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ 03 އޮކްޓޯބަރ 2023 ވާ އަންގާރަ ދުވަހުގެ 13:00 މި އިދާރާގެ މީޓިންގ ރޫމްގައެވެ. މި މައުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވުން ކޮންމެހެން ލާޒިމެއްނޫނެވެ.   އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 05 އޮކްޓޯބަރ 2023 ވާ ބްރާސްފަތި ދުވަހު 13:00ގައި މި އިދާރާގެ މީޓިންގ ރޫމްގައެވެ.

         މި އިޢުލާނާއި ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ 02 އޮކްޓޯބަރ 2023 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން [email protected]  އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

          ވީމާ، މިކަން  އާއްމުކޮށް އެންގުމަށްޓަކައި  އިޢުލާން ކުރީމެވެ.         

                     04 ރަބީޢުލްއައްވަލް 1444ހ.

                    19 ސެޕްޓެމްބަރ 2023މ.

19 ސެޕްޓެންބަރު 2023
ހޯދާ