މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ގެވަޅު ކޮމެޓީ" އެކުލަވާލުމާއި ގުޅޭ

"ގެވަޅު ކޮމެޓީ" އެކުލަވާލުމާއި ގުޅޭ

 

           މިއިދާރާގެ ނަންބަރު:   (IUL)305-ME305/305/2023/70 (30 އޮގަސްޓް 2023) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ނަން ހުށައަޅާފައިނުވާތީ، އެޢިއުލާނު ބާޠިލްކޮށް އަލުން އިޢުލާން ކުރީމެވެ.

މިރަށުން މީހުން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ މަސައްކަތް ކުރުމަށްޓަކައި "ގެވަޅު ކޮމެޓީ" ގެ ނަމުގައި، ސަރުކާރު މުއައްސަސާތަކާއި އަދި އާންމު ރައްޔިތުންގެ ތެރެއިން 2 ބޭފުޅަކު ހިމެނޭހެން ކޮމިޓީއެއް އެކުލަވާލަން މިކައުންސިލުން ބޭނުންވެއެވެ. މި ކޮމިޓީގެ ބޭނުމަކީ މީހުން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގައި ނިންމަންޖެހޭ ނިންމުންތައް ނިންމުމާއި، އެކަމާއި ގުޅުންހުރި އެންމެހާ ކަންކަން ނިންމާއިރު އެކި ފަރާތްތަކުގެ ބައިވެރިވުމާއި މަޝްވަރާއާއި ހިޔާލުގެ މައްޗަށް ބިނާކޮށް، ވީހާވެސް އިންސާފުވެރިކަމާއެކު މި މަސައްކަތް ކުރިއަށް ގެންދިއުމެވެ.

ވީމާ، މިކޮމެޓީގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 02 އޮކްޓޯބަރ 2023 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް އަންގަވައި ދެއްވުން އެދެމެވެ.

 މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

04 ރަބީޢުލްއައްވަލް 1445                          

         19 ސެޕްޓެމްބަރ 2023    

19 ސެޕްޓެންބަރު 2023
ހޯދާ