ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ޑިޕްލޮމާ އިން ޓީޗިންގ އިންކުލޫސިވް އެޑިޔުކޭޝަން ކޯހަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން

މި އިންސްޓިޓިއުޓުން ހިންގުމަށް ހަމަޖެހިފައިވާ ޑިޕްލޮމާ އިން ޓީޗިންގ އިންކުލޫސިވް އެޑިޔުކޭޝަން ކޯހަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިކޯސް ހިންގުމަށް ހަމަޖެހިފައިވަނީ ބުލޮކް މޯޑްގައެވެ.

މި ކޯހަށް އެދޭ އެޕްލިކޭޝަން ފޯމު މި އިންސްޓިޓިއުޓުން ލިބެން ހުންނާނެއެވެ. އަދި މި އިންސްޓިޓިއުޓްގެ ވެބްސައިޓް www.nie.edu.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. ފޯމު ފުރިހަމަ ކުރުމަށްފަހު ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު މި އިންސްޓިޓިއުޓަށް ހުށަހެޅުން އެދެމެވެ.

ހ) މިހާރު ސްކޫލެއްގައި ކިޔަވައިދޭ ފަރާތެއްކަމުގައިވުމާއެކު މަދުވެގެން 1 އަހަރުގެ ތަޖުރިބާ ލިބިފައިވުން.

ށ) ކިޔަވައިދިނުމުގެ ދާއިރާއިން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސެޓުފިކެޓެއް ހާސިލުކޮށްފައިވުން ނުވަތަ ޖީ.ސީ.އީ އޭލެވެލްގެ 2 މާއްދާއިން ފާސްވެފައިވުން.

ކޯހުގެ ޝަރުތު :

ބްލޮކް މޯޑަށް ( ބްލޮކް އޮންނާނީ މާލޭގައި )

ކޯސް ހިންގާ ތަން :

މާރިޗް 2015 ން ޑިސެންބަރު 2015 އަށް

ކޯހުގެ މުއްދަތު :

ކޮންމެ 3 މަހަކުން 1 މަހު -/2666 ރ ( ޖުމްލަ ކޯސް ފީ -/8000 ރުފިޔާ )

ކޯހުގެ ފީ :

މާރިޗު 2015

ކޯސް ފެށޭ ތާރީޚު :

އައި.ޑީ ކާޑުގެ ކޮޕީ، ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހުމަށްފަހު) ހުށަހެޅުން.

ކޯހަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް :

ކޯހަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި 12 މާރިޗު 2015 ގެ ކުރިން މިއިންސްޓިޓިއުޓަށް ހުށަހެޅުއްވުން އެދެމެވެ.

ސުންގަޑި:

60 ބައިވެރިން

ކޯހުގެ ޖާގަ:

ކޯހަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ކޯހަށް ހޮވޭ ބައިވެރިންނަށް، ކޯހަށް ހޮވުނުކަން 19 މާރިޗު 2015 ގެ ކުރިން އެންގޭނެ ވާހަކަ ދެންނެވީމެވެ. 

5 ޖުމާދަލްއޫލާ 1436

24 ފެބުރުވަރީ 2015
ހޯދާ