އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ނީލަންކިޔުން

އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި ބޭނުން ކޮށްފައިހުރި، ތިރީގައި މިދަންނަވާ ބާވަތްތަކުގެ މުދާ ނީލަންކިޔުމަށް 12 ފެބުރުވަރީ 2015 ގައި ކޮށްފައިވާ ނަންބަރު IU/PR/2015/21-ފ137 އިޢުލާނުގެ ގިނަ ބައިތަކަށް 01 ފަރާތަށްވުރެ ގިނަފަރާތުން އަގު ހުށަހަޅާފައިނުވާތީއާއި، މަޢުލޫމާތު ފުރިހަމައަށް ދެވިފައިނުވާތީ އެއިޢުލާނު ބާޠިލުކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ.

1- ސްޓެއިންލެސް ސްޓީލްގެ ބައިތައް

2- އެއަރކޮންޑިޝަން ސިސްޓަމްގެ ބައިތައް

3- ދަނގަޑުގެ ބައިތައް

4- އެލްމިނިއަމްގެ ބައިތައް

5- ލޯނަރުގެ ބައިތައް

6- މެޝިނަރީގެ ބައިތައް

7- ބެޓްރީގެ ބައިތައް

ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ގަޑިތަކަށް މިހޮސްޕިޓަލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅުއްވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ.

ތަން

ގަޑި

ތާރީޚު (ދުވަސް)

ތަފުސީލު

ކޮންފަރެންސް ހޯލް

11:00

02 މާރިޗު 2015 (ހޯމަ)

ނީލަމުގައިބައިވެރިވުމަށް ނަންނޯޓްކުރުން  

     
  • ނީލަމުގައި ބައިވެރިވެވޭނީ ގަޑިއަށް ހާޒިރުވާ ފަރާތްތަކަށެވެ. 
  • ނީލަމުގައި ބައިވެރިވުމަށް ދިވެހި ރައްޔިތެއްކަން

    އަންގައިދޭ ކާޑު ނުވަތަ އެފަދަ ރަސްމީ ލިޔުމެއް

    ހުށަހަޅަންވާނެއެވެ.

ކޮންފަރެންސް ހޯލް 

11:00 

03 މާރިޗު  2015 (އަންގާރަ)

އަގު ހުށަހެޅުއްވުމަށް

     
  • އަގު ހުށަހަޅުއްވާނީ ކޮންމެ ބަޔަކަށް ވަކިން

    ކިލޯއަކަށްޖެހޭ އަދަދާއި، ޖުމްލަ އަގު އެނގެން

    އޮންނާނެ ގޮތަށެވެ.

އައި.ޖީ.އެމް.އެޗް

11:00

03 މާރިޗު 2015 (އަންގާރަ)

މުދާ ބެލުމުގެ އިންތިޒާމު

މުދާ ގެންދިޔުން

އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ ފައިނޭންސް ޑިޕާޓްމަންޓަށް ފައިސާ ދެއްކުމަށްފަހު،

ނީލަމުން ނަގާ މުދާ 36 ގަޑިއިރުގެ ތެރޭގައި ގެންދަންވާނެއެވެ. މިގޮތުން ނުގެންގޮސް ހުންނަ މުދާ،

ނީލަން ނެގި ފަރާތުން ބޭނުންނުވާކަމަށް ބަލައި ތަކެތި ނައްތާލެވޭނެއެވެ.

އިތުރުމަޢުލޫމާތު:                  

ނީލަމުގައި ބައިވެރިވުމަށް ހާޒިރުނުވާ ފަރާތްތަކުން، ނީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.

މި ނީލަމާބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް، މިހޮސްޕިޓަލުގެ ނަންބަރު 3335349 ފޯނަށް ގުޅުއްވުން އެދެމެވެ. 

07 ޖުމާދަލްއޫލާ 1436
26 ފެބުރުވަރީ 2015
ހޯދާ