ދިވެހިރާއްޖެ
"މެހްމާނީ ބޯޓު" ރަޖިސްޓަރީ ނަންބަރު: P9261A-04 [01-E[ ސިޓީލާ ނީލަމުގައި ވިއްކާލުމާ ބެހޭ
ދޯނީގެ ތަފުސީލު:
ބާވަތް: ބޯޓު
ނަން: މެހްމާނީ ބޯޓު
P9261A-04 [01-E] : ރަޖިސްޓްރީ ނަންބަރު
މުދަލުގެ ތަފުސީލު: ދިގުމިން: 24.400 މީޓަރ، ފުޅާމިން 7.740 މީޓަރ، ފުންމިން: 2.460 މީޓަރ، ޓަނޭޖް: 21.190
ވެރިފަރާތްތައް: އަލްފާޟިލް އިބްރާހީމް މުޙައްމަދު، މެހުމާނީހިޔާ، ރ. އަލިފުށި
އަލްފާޟިލް ޙުސައިން މުޙައްމަދު، މެހުމާނީހިޔާ، ރ. އަލިފުށި
އަލްފާޟިލް މޫސާ މުޙައްމަދު، މެހުމާނީހިޔާ، ރ. އަލިފުށި
ބޯޓު އަދި އިންޖީނު ރަހުނު ކުރެވިފައިވަނީ: އަލްފާޟިލް އިބްރާހީމް މުޙައްމަދު، މެހުމާނީހިޔާ، ރ. އަލިފުށި، އަލްފާޟިލް ޙުސައިން މުޙައްމަދު، މެހުމާނީހިޔާ، ރ. އަލިފުށި، އަލްފާޟިލް މޫސާ މުޙައްމަދު، މެހުމާނީހިޔާ، ރ. އަލިފުށި އަށް ދޫކުރެވިފައިވާ ލޯނަކަށް.
ރަހުނު ވިއްކާލުމުގެ ހުއްދަ: ސިވިލް ކޯޓުގެ ޤަޟިއްޔާ ނަންބަރު 162/Cv-C/2013 އިން.
އިންޖީނުގެ ތަފުސީލު:
ބާވަތް: މެރިން އިންޖީނު
ބްރޭންޑް: ޔަންމާ މެރިން ޑީސެލް އިންޖީނު (350hp)
ނީލަމުގެ ތަފުސީލު:
މަދުވެގެން ހުށަހެޅޭނެ އަގު: -/2,500,000ރ. (ދެމިލިއަން ފަސްލައްކަ ރުފިޔާ)
މުއްދަތު ހަމަވާ ތާރީޚު: 12 މާރިޗު 2015 ގެ މެންދުރުފަހުގެ 01:30އަށް
ބިޑް ހުޅުވާނެ ތަން: ސީޓްރެކްސް ބިލްޑިންގ 07 ވަނަ ފަންގިފިލާގައި ހުންނަ ބޭންކް އޮފް މޯލްޑިވްސް ޕލކ ގެ ރިކަވަރީސް ޑިޕާޓްމަންޓް
މުއްދަތު ހަމަވާ ތާރީޚާ ހަމައަށް ސިޓީ ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތު އެތަނަށް ހާޒިރުވެ ވަޑައިގެން ތިއްބެވި ފަރާތްތަކުގެ ހާޒިރުގައި ސިޓީތައް ކަނޑައި އެންމެ މަތީ އަގު އިޢުލާން ކުރެވޭނެއެވެ.
ކޮންމެ ދުވަހެއްގެ އެންމެ މަތީ އަގު މިބޭންކުގެ ވެބްސައިޓް (www.bankofmaldives.com.mv) ގައި އިޢުލާންކުރެވި، ބްރާންޗްތަކުގެ ނޯޓިސްބޯޑުތަކުގައި ބެހެއްޓިފައި ހުންނާނެއެވެ. ނީލަން ނިންމާލެވޭނީ އެންމެ މަތީ އަގު ކަމުގައި އިޢުލާނު ކުރެވޭ އަގަށް ބަދަލެއް ނައިސް، އިޢުލާން ކުރެވޭ ތާރީޚުން ފެށިގެން 05 (ފަހެއް) ދުވަސް ވަންދެން (ސަރުކާރު ބަންދު ދުވަސްތައް ނުހިމަނައި) އެއް އަގެއްގައި އޮތުމުންނެވެ.
ނީލަން ނިންމުން:
ނީލަން ނިމުމުން އެންމެ މަތީ އަގު ހުށަހަޅާފައިވާ ފަރާތަކަށް އެކަން އަންގާނެއެވެ. އެފަރާތަކަށް ނީލަން ނިމުނުކަން ބޭންކުން އަންގާ ތާރީޚުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި (ސަރުކާރު ބަންދު ދުވަސްތައް ނުހިމަނައި) ނުވަތަ ބޭންކުން އިތުރުކޮށްދެވޭ މުއްދަތެއްގެ ތެރޭގައި އެފަރާތަކުން ހުށަހެޅި ޖުމްލަ އަގަށްވާ ފައިސާ ބޭންކަށް ދައްކަވަންވާނެއެވެ. ނުދައްކަވައިފިނަމަ އެހުށަހެޅުން ބާޠިލު ކުރުމަށް ނުވަތަ ދެވަނައަށް އެންމެ މަތީ އަގު ހުށަހެޅި ފަރާތަށް ނީލަން ނިންމާލުމުގެ ނުވަތަ ނީލަން އަލުން ފެށުމުގެ ޙައްޤު ބޭންކަށް ލިބިގެންވެއެވެ.
ވަކިފަރާތަކަށް ނީލަން ނިންމުމަށް ބޭންކުން ކަނޑައަޅައިފިކަން ރަސްމީކޮށް އެފަރާތަކަށް ބޭންކުން އެންގުމުގެ ކުރިން ނީލަން ބާޠިލުކުރުމުގެ އިޚުތިޔާރު ބޭންކް އޮފް މޯލްޑިވްސް ޕލކ އަށް ލިބިގެންވާކަމުގައި ދެންނެވީމެވެ.
އަގު ހުށަހެޅުން:
ހުށަހަޅަންޖެހޭ ގޮތް: ތިރީގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކާއެކު ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ހެނދުނު 09:00 އާއި މެންދުރުފަހުގެ 01:30 އާ ދެމެދު ސީޓްރެކްސް ބިލްޑިންގގެ 07 ވަނަ ފަންގިފިލާގައި ހުންނަ މިބޭންކުގެ ރިކަވަރީސް ޑިޕާޓްމަންޓަށް ހުށަހެޅުއްވުން އެދެމެވެ. އަދި ބަންދުކުރެވިފައިވާ ސިޓީއުރައިގެ ބޭރުގައި "މެހްމާނީ ބޯޓު ގަތުމަށް އެދި" މިހެން ލިޔެވިފައި އޮންނަންވާނެއެވެ.
އަމިއްލަ ފަރުދެއްނަމަ: - ގުޅޭނެ ފޯނު ނަންބަރަކާއެކު، އަގު (ދިވެހި ރުފިޔާއިން) ސާފުކޮށް ބަޔާންކުރައްވާފައިވާ ސިޓީއެއް
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (ބިދޭސީއެއްނަމަ ޕާސްޕޯޓުގެ ކޮޕީ)
ކުންފުންޏެއްންމަ: - މި ނީލަމާ ގުޅިގެން ބޭންކާ މުޢާމަލާތް ކުރައްވާނެ ފަރާތަކާ ގުޅޭނެ ފޯނު ނަންބަރަކާއެކު، އަގު (ދިވެހި ރުފިޔާއިން) ސާފުކޮށް ބަޔާންކުރައްވާފައިވާ ސިޓީއެއް
- ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ
- މި ނީލަމާ ގުޅިގެން ބޭންކާ މުޢާމަލާތް ކުރައްވާނެ ފަރާތެއް އައްޔަންކުރައްވާފައިވާ ކުންފުނީގެ ޤަރާރު
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް: ބޭންކް އޮފް މޯލްޑިވްސް ޕލކ ގެ ރިކަވަރީސް ޑިޕާޓްމަންޓާއި (ފޯން ނަންބަރު: 3330187 / 3015385، އީމެއިލް:[email protected]) ގުޅުއްވުން އެދެމެވެ.
ޝަރުޠު: މަތީގައި ބަޔާންކުރެވިފައިވާ ނީލަމުގައި ބޭންކް އޮފް މޯލްޑިވްސް ޕލކ ގައި މަސައްކަތް ކުރައްވާ އެއްވެސް މުވައްޒަފަކަށް ނުވަތަ ބޭންކުގެ ބޯޑް ޑައިރެކްޓަރަކަށް، ނުވަތަ އެފަދަ އެއްވެސް ފަރާތެއްގެ ޢާއިލާގެ ބޭފުޅަކަށް (ޢާއިލާ މާނަކުރުމުގައި މައިންބަފައިން، ދަރިން، ފިރިން/އަނބިން، އެއްބަނޑު/ އެއްބަފާ ބޭފުޅުން، ހިމެނޭ ގޮތަށް) ނުވަތަ އެފަދަ ފަރާތެއް ހިއްސާދާރެއްގެ ގޮތުގައި ނުވަތަ ޑިރެކްޓަރެއްގެ ގޮތުގައި ހިމެނޭ ޕްރައިވެޓް ކުންފުންޏަކުން ބައިވެރިއެއް ނުވެވޭނެއެވެ. ދެންނެވިފައިވާ ބޭފުޅުން ފިޔަވައި އެންމެހާ ފަރުދުންނަށް އަދި ކުންފުނިތަކަށް މިނީލަމުގައި ބައިވެރިވެވޭނެއެވެ.
ކުރީގެ އިޢުލާންތައް: މަތީގައި ބަޔާންކުރެވިފައިވާ އުޅަނދު އަދި އިންޖީނު ވިއްކާލުމަށްޓަކައި މީގެ ކުރިން އެއްވެސް އިޢުލާނެއް ކުރެވިފައިނުވާ ވާހަކަ ދެންނެވީމެވެ.