ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ފުރުސަތު
ކޮޅުމަޑުލު ކިނބިދޫ ނެރު ފަސްގަނޑު ކުއްޔަށް ދޫކުރުމާގުޅޭ
ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ ނެރުފަސްގަނޑު ޕިކްނިކް އައިލެންޑެއް ގޮތަށް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: 393/393/2023/56(IUL) (31 އޮގަސްޓް 2023) އިޢުލާނުގެ މަޢުލޫމާތު ޝީޓަށް އައިސްފައިވާ ބަދަލަކާގުޅިގެން އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރީމެވެ.
ވީމާ، ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ ނެރުފަސްގަނޑު (0.18 ހެކްޓަރ) ޕިކްނިކް އައިލެންޑެއް ގޮތަށް ތަރައްޤީކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. ބީލަމާބެހޭ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ.
ބީލަން ފޯމް ދޫކުރުން |
1. ބީލަން ފޯމް ވިއްކުމަށް ހަމަޖެހިފައިވަނީ 19 ސެޕްޓެމްބަރ 2023 ން ފެށިގެން 26 ސެޕްޓެމްބަރ 2023 ވާ އަންގާރަ ދުވަހުގެ 13.00 ގެ ނިޔަލަށެވެ. 2. ބީލަން ފޯމެއްގެ އަގަކީ -/150 (އެއްސަތޭކަ ފަންސާސް) ރުފިޔާ އެވެ. 3. ބީލަން ފޯމް ވިއްކުމަށް ހަމަޖެހިފައިވަނީ މި އިދާރާގެ ކައުންޓަރުންނާއި މި އިދާރާގެ އީމެއިލް މެދުވެރި ކޮށެވެ. 4. އީމެއިލް މެދުވެރިކޮށް ބިޑްފޯމް ނަންގަވާ ފަރާތްތަކުން މި އިދާރާގެ އެކައުންޓް ނަމްބަރ: 001 700293 7725 (1443 ރެވެނިއު 1) އަށް ފައިސާ ޖަމާކޮށް ފައިސާ ދެއްކި ސްލިޕް މި ކައުންސިލްގެ އިދާރާގެ ކައުންސިލް އެސިސްޓެންޓް މޫސާ ހަލީމްގެ ނަންބަރު 9186187 އަށް ވައިބަރ ކުރެއްވުމުން ނުވަތަ މި އިދާރާގެ އީމެއިލް [email protected] އަށް މެއިލް ކުރެއްވުމުން އެފަރާތުގެ އީމެއިލްއަށް ބިޑްފޯމް ފޮނުވައިދެވޭނެއެވެ. |
މަޢްލޫމާތު ސާފުކޮށް ދިނުން |
އިތުރު މަޢްލޫމާތު ސާފުކުރުމަށް ބޭނުންފުޅުވާ ފަރާތްތަކަށް މަޢްލޫމާތު ސާފުކޮށް ދިނުމަށް ހަމަޖެހިފައިވަނީ ކައުންސިލްގެ ރައީސް، ޢަލީ ޙުސައިން 9655474 އަށް ގުޅުއްވައިގެންނާއި، ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާގެ އީ މެއިލް [email protected] މެދުވެރިކޮށެވެ. |
ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުމުގެ ސުންގަޑި |
ތަން: ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމް ތާރީޚް: 10 އޮކްޓޯބަރ 2023 ވާ އަންގާރަ ދުވަހުގެ 11:00 ބަދަލުގައި މީހަކު ފޮނުއްވާނަމަ: ހުށަހަޅުއްވާ ފަރާތުގެ އައިޑީ ކާޑްގެ ފޮޓޯކޮޕީ އަކާއި ސިޓީއެއް ފޮނުއްވަން ވާނެއެވެ. އަދި، ބީލަން ހުށަހަޅުއްވަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. |