ޣާޒީ ސްކޫލް
ދިވެހިރާއްޖެ
2015ވަނަ އަހަރު ގްރޭޑް 11 އަށް ކުދިން ވެއްދުން

2015 ވަނަ އަހަރު ޣާޒީ ސްކޫލުގެ ގްރޭޑް 11 އަށް ދަރިވަރުން ވެއްދުމަށް ހަމަޖެހިފައިވަނީ ތިރީގައިވާ ޝަރުޠުތަކުގެ މަތިންނެވެ.

1. 1 މެއި 2013 ގެ ފަހުން އެސް.އެސް.ސީ އަދި ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.އީ އިމްތިޙާން ޖުމުލަ 5 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. މީގެ ތެރޭގައި ދިވެހިބަސް ނުވަތަ އިސްލާމިކް ސްޓަޑީޒާއެކު ކޮންމެވެސް 1 ސްޓްރީމެއްގެ 2 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

  • ބިޒްނަސް ސްޓްރީމްގެ މާއްދާތައް ކަމުގައި ބެލެވޭނީ އެކައުންޓިންގ، ކޮމާސް، ބިޒްނަސް ސްޓަޑީޒް، އިކޮނޮމިކްސް އަދި މެތެމެޓިކްސް އެވެ.
  • ސައިންސް ސްޓްރީމްގެ މާއްދާތައް ކަމުގައި ބެލެވޭނީ ކެމިސްޓްރީ، ފިޒިކްސް، ބަޔޮލޮޖީ އަދި މެތެމެޓިކްސް އެވެ.

2. އަޚްލާޤު ރަނގަޅު ކުއްޖެއް ކަމުގައިވުން. ކުދިން ވެއްދުމުގައި ބަލާނީ ސްކޫލުގެ ލީވިންގ ސެޓުފިކެޓުގައިވާ ދަރިވަރުގެ އަޚުލާޤާ ބެހޭ ބައިގައިވާ މަޢުލޫމާތަށާއި، މި ސްކޫލުން ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައިގެން ހޯދޭ އަޚުލާޤީ ރިޕޯޓްތަކަށެވެ.  

3. 2015 ވަނަ އަހަރުގެ ޖޫންމަހުގެ 1 އަށް 19 އަހަރު ފުރިފައިނުވުން.

4. ކައިވެންޏެއް ކޮށްފައިނުވުން.

5. މީގެކުރިން މަތީ ޘާނަވީ ފެންވަރަށް ކިޔަވައިދޭ ސަރުކާރު ސްކޫލެއް ނުވަތަ ސެންޓަރެއްގައި ގްރޭޑް 11 ނުވަތަ 12 ގައި ކިޔެވުމުގެ ފުރުޞަތު ދެވިފައިވާ ކުއްޖެއް ކަމުގައި ނުވުން.

މި ސްކޫލަށް ވަންނަ ދަރިވަރުންނަކީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ސްކޫލުތަކަށް ކަނޑައަޅުއްވާ ފައިވާ ގަވާއިދުތަކާއި، މި ސްކޫލުގެ ގަވާއިދުތަކަށް ކިޔަމަންވާ، ޓައިމްޓޭބަލާ އެއްގޮތަށް ސްކޫލަށް ހާޒިރުވަމުންދާ ކޮންމެ މަހެއްގެ ހާޒިރީ %80 އަށްވުރެ ދަށްނުވާ ދަރިވަރެއްކަމުގައިވުން.

ދަރިވަރުން ނެގުމުގައި ސްކޫލްގެ ގްރޭޑް 11 ގައި ޖާގައޮތް އަދަދަށް ބެލެވޭނެއެވެ. ޖާގައޮތް އަދަދަށްވުރެ ސްކޫލަށް ވަނުމަށް އެދޭ ދަރިވަރުން އިތުރުވެއްޖެނަމަ ކުދިންނަށް ފުރުޞަތު ދޭނީ އެންމެ މަތިން ފާސްވެފައިވާ ދަރިވަރުންނަށެވެ. މި ނަތީޖާ ކަނޑައެޅުމުގައި ބެލެވޭނީ "އޯލެވެލް ނޭޝަނަލް ޓޮޕްޓެން" އަށް ދަރިވަރުން ހޮވުމަށް ބޭނުންކުރާ މިންގަނޑަށެވެ.

ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި

1- އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖަހާފައިވާ އެސް.އެސް.ސީ ، ޖީ.ސީ.އީ އޯލެވެލް އަދި އައި.ޖީ.ސީ.އެސް.އީ އިމްތިޙާނުގެ ނަތީޖާގެ ކޮޕީ

2- އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖަހާފައިވާ ސްކޫލު ލީވިންގ ސެޓުފިކެޓުގެ ކޮޕީ

3- އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖަހާފައިވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

މި ސްކޫލަށް ވަންނަން އެދޭ މިދެންނެވި ޝަރުޠު ފުރިހަމަވާ ދަރިވަރުންނަށް ވަންނަން އެދޭ ފޯމު ދޫކުރުމާއި ބަލައިގަތުން އޮންނާނީ 2015 ފެބުރުވަރީ 26 ވާ ބުރާސްފަތި ދުވަހުން ފެށިގެން ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 09:00 ން 16:00 އަށް މި ސްކޫލުގެ އެކަޑެމިކް އޮފީހުންނެވެ. ވަންނަން އެދޭ ފޯމު ދޫކުރާނީ ނަތީޖާ ކަރުދާހުގެ އަސްލު ގެންނެވުމުންނެވެ. ފުރިހަމަކޮށްފައިވާ ފޯމު ބަލައިގަތުމުގެ ސުންގަޑިއަކީ 2015 މާރިޗު 12 ވާ ބުރާސްފަތިދުވަހުގެ 16:00 އެވެ.

24 ފެބުރުވަރީ 2015
ހޯދާ