ދިވެހިރާއްޖެ
ނަންބަރ: (IUL)258/258/2023/136
އިޢުލާން
ހަނިމާދޫ ކައުންސިލުގެ ބޭނުމަށް ލޯޑަރެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.
ހަނިމާދޫ ކައުންސިލުން ދޭމައުލޫމާތާއި އެއްގޮތަށް ހަނިމާދޫ ކައުންސިލުގެ ބޭނުމަށް ވެހިކަލެއް (ލޯޑަރެއް) ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.
ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން، 2023 އޮކްޓޯބަރ 02 ވާ ހޯމަ ދުވަހުގެ ހެނދުނު 10:30 އަށް މި އިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުމާއި އަންދާސީ ހިސާބު ހުޅުވުން އޮންނާނީ 2023 އޮކްޓޯބަރ 10 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:30 ގައި މިއިދާރާގެ ކޮންފަރެންސް ރޫމްގައެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
03 ރަބީޢުލްއަޢްލާ 1445
18 ސެޕްޓެމްބަރ 2023