ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
މި އެޖެންސީގެ އޮފީސް އިމާރާތުގައި ޕާޓިޝަންޖެހުމާއި، ނެޓްވޯކް އެޅުމާއި އަދި އެހެނިހެން ކަންކަން ކޮށްދޭނެ ފަރާތެއް ހޯދުމަށް:

އިޢުލާން

މި އެޖެންސީގެ އޮފީސް އިމާރާތުގައި ޕާޓިޝަންޖެހުމާއި، ނެޓްވޯކް އެޅުމާއި އަދި އެހެނިހެން ކަންކަން ކޮށްދޭނެ ފަރާތެއް ހޯދުމަށް:

          މި އެޖެންސީގެ އޮފީސް އިމާރާތުގައި ޕާޓިޝަންޖެހުމާއި، ނެޓްވޯކް އެޅުމާއި އަދި އެހެނިހެން ކަންކަން ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ:  (IUL)199-GAS/199/2023/52 (03 ސެޕްޓެމްބަރ 2023) އިޢުލާނުގެ ސްކޯޕަށް ބަދަލު އައުމާއި ގުޅިގެން އެޢިއުލާނު ބާތިލުކޮށް، އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

          މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއި އެކު އެއްކަރުދާސް ކުރެވިފައި ވާނެއެވެ. އަދި މި އެޖެންސީގެ ވެބްސައިޓް www.nspa.gov.mv ގައި ޝާއިއު ކުރެވިފައި ވާނެއެވެ.

          މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، ބީލަން ރަޖިސްޓްރީ ކުރެއްވުމަށް 24 ސެޕްޓެންބަރު 2023 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައި ދެންނެވިފައިވާ މަޢުލޫމާތުތައް ފުރިހަމަކުރުމަށްފަހު މި އެޖެންސީގެ އީމެއިލް: [email protected] އަށް ފޮނުއްވުން އެދެމެވެ.

- ރެޖިސްޓްރީވާން ބޭނުންވާ އިޢުލާން ނަންބަރު:

- ވިޔަފާރީގެ ނަން:

- ގުޅޭނެ ނަންބަރު:

- އީމެއިލް އެޑްރެސް:

އަދި މި އޮފީހަށް ވަޑައިގެން ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން 24 ސެޕްޓެންބަރު 2023 ވާ އާދީއްތަ ދުވަހުގެ 13:00 އާ ހަމައަށް ރަސްމީ ބަންދު ނޫން ދުވަސްތަކުގައި ހެނދުނު 09:00 ން މެންދުރުފަހު 13:00 ދެމެދުގެ ވަގުތެއްގައި މޫކައި ސުއިޓްސްގެ 4 ވަނަ ފަންގިފިލާގައި ހުންނަ މި އޮފީހުގެ ކައުންޓަރަށް ވަޑައިގެން ބިޑްގައި ރެޖިސްޓްރީ ވެވޭނެއެވެ.

           ވީމާ، މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް ބީލަމުގައި ރެޖިސްޓްރީ ކުރެއްވުމަށްފަހު، ތިރީގައި ދެންނެވިފައިވާ ގަޑީގައި އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ތަފްޞީލު

ތާރީޚު

ދުވަސް

ގަޑި

އަންދާސީހިސާބު ހުށަހެޅުން

27 ސެޕްޓެމްބަރު 2023  

ބުދަ

11:00

އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާނީ: މޫކައި ސުއިޓްސް 4 ވަނަ ފަންގިފިލާ (މ.ސަކައިމޫ( ގެ މީޓިންގ ރޫމްއަށެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް:

- ފޯން:  3005353-960+

- އީމެއިލް: [email protected]

18 ސެޕްޓެންބަރު 2023
ހޯދާ