ދަރުމަވަންތަ ސްކޫލް
ދިވެހިރާއްޖެ
މަސައްކަތު

 އިޢުލާން

މުވައްޒަފުން ބޭނުންވާ މަޤާމު:

މަޤާމް: މަސައްކަތު

މަޤާމުގެ ބާވަތް: ކޮންޓްރެކްޓަރ

މުއްދަތު: 1 އަހަރުދުވަސް

ބޭނުންވާ އަދަދު: 1 (އެކެއް)

ރޭންކް: އެސް. އެސް 1

ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް: ދަރުމަވަންތަ ސްކޫލް، މާލެ

ޝަރުޠު: ސިވިލް ސަރވިސްގެ ޤަވާއިދުގައިވާ ގޮތުގެ މަތިން، ތިރީގައިމިވާ ޝަރުޠުތަކުން ޝަރުޠެއް ފުރިހަމަވުން.

 

މަޤާމުގެ ޝަރުޠު:

އަސާސީ މުސާރަ

ސަރވިސް އެލަވަންސް

1- މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެސް/ހުއްދައެއް/ސަނަދެއް ހާސިލުކޮށްފައިވުން.

3- މަސައްކަތް ކުރެވޭނެ ފިރިހެނެއްކަމުގައިވުންވުން.

3100/-

1،000/-

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

1- ސްކޫލްގެ މެއިންޓެނެނަސް މަސައްކަތްކުރުން.

2- ސްކޫލުން ބޭރަށް ގެންދަންޖެހޭ ތަކެތި ގެންދިޔުން.

3- ސްކޫލުގެ އެތެރެ ބެލެހެއްޓުން.

4- ހަވާލުކުރެވިފައިވާ މަސައްކަތުގެ އިތުރުން، ސްކޫލުގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި މަސައްކަތްތައް ކުރުން.

 އިތުރު ޢިނާޔަތްތައް:

އިތުރުގަޑީގައި ކުރާ މަސައްކަތަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1- ތައުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު.

2- މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.

3- މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތައް.

ހުށަހަޅަންޖެހޭ ތަކެތި:      

- ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ފޯމު ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)

- ތަޢުލީމީ ސެޓުފިކެޓްތަކުގެ ކޮޕީ ( މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފިހަކުން އެޓެސްޓް ކުރެވިފައިފާ ކޮޕީގެ އަސްލު)

- މުއްދަތު ހަމަނުވާ  އައި.ޑީ.ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފިހަކުން އެޓެސްޓް ކުރެވިފައިފާ ކޮޕީގެ އަސްލު)

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

- ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މުއްދަތާއި، މަސްއުލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފިހަކުން އެޓެސްޓް ކުރެވިފައިފާ ކޮޕީގެ އަސްލު)  

-  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި އުޅޭނަމަ، އެ ވަޒީފާއިން މި ސްކޫލުގެ ވަޒީފާއަށް ބަދަލުވުމާމެދު، އެ އޮފީހުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.

ނޯޓް:

- މި މަޤާމަށް ދިވެއްސަކު ކުރިމަތިނުލައިފިނަމަ، ރާއްޖެއިންބޭރުގެ ބިދޭސީއަކަށްވެސް ވަޒީފާ ހަމަޖެހިދާނެއެވެ.

- އިތުރު މައުލޫމާތު ސާފުކުރަން ބޭނުންނަމަ، މި ސްކޫލުގެ 3324495 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2015 މާރިޗު 3 ވަނަ ދުވަހުގެ 14:30 ގެ ކުރިން، ވަޒީފާއަށް އެދޭ ފޯމާއެކު، ދަރުމަވަންތަ ސްކޫލުގެ އޮފީހަށް އެޕްލިކޭޝަން ހުށަހެޅުން އެދެމެވެ.

3 ޖުމާދަލްއޫލާ 1436

.

22 ފެބުރުވަރީ 2015
ހޯދާ