ދިވެހިރާއްޖެ
މިކައުންސިލްގެ ވޭން (ވެހިކަލް) ރަޖިސްޓްރީ ނަންބަރު(B1A4795) ސިޓީލާ ނީލަމުގައި ވިއްކާލުމަށް މިކައުންސިލުން ވަނީ ނިންމާފައެވެ. ނީލަން ފެށޭއަގަކީ 50,000.00(ފަންސާސް ހާސް) ރުފިޔާއެވެ. ހުށަހަޅާ އަގަށް އިތުރު ކުރެވޭ އެންމެ ކުޑައަގަކީ 5,000.00(ފަސް ހާސް) ރުފިޔާއެވެ. ނީލަމުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 25 ސެޕްޓެމްބަރ 2023 ވަނަ ދުވަހުން ފެށިގެން ކޮންމެ ރަސްމީ ދުވަހެއްގެ 12:00 ގެ ކުރިން "ވޭން" ގަތުމަށް ބޭނުންވާ އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅުއްވާނީ NL04 ފޯމް ފުރިހަމަކޮށް ފޯމް ސިޓީ އުރައެއްގައި ބަންދު ކޮށްގެނެވެ. ނީލަން ހުށަހަޅާފޯމް މި އިދާރާގެ ކައުންޓަރުންނާއި މި އިދާރާގެ ވެބްސައިޓް https://kolhufushi.gov.mv/ އިން ލިބޭނެއެވެ.
ކޮންމެ ދުވަހަކު 12:00 އާ ހަމައަށް ހުށަހަޅާ އެންމެ މަތީ އަގު އެދުވަހެއްގެ 14:00 ގެ ކުރިން މިއިދާރާގެ ނޯޓިސް ބޯޑާއި ވައިބަރ ކޮމިއުނިޓީގައި ޢާއްމު ކުރެވޭނެއެވެ. ނީލަމުން ހުށަހަޅާއަގު ޖެހިޖެހިގެން ރަސްމީ 3 ދުވަހު އެއްއަގެއް އޮވެއްޖެނަމަ އެއަގަކަށް ނީލަން ނިންމާ ލެވޭނޭއެވެ. ނީލަމުން ނަންގަވާ އުޅަނދު ދޫކުރާނީ މިކައުންސިލަށް ފައިސާ ދެއްކެވުމަށް ފަހުގައެވެ. ނީލަން ނިމޭތާ ރަސްމީ 7 ދުވަހުގެ ތެރޭގައި ފައިސާ ނުދައްކައިފިނަމަ ނީލަން ބާޠިލް ކުރެވޭނެއެވެ.
މިއިދާރާގެ "ވޭން" އާއި ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިކައުންސިލްގެ ނަންބަރު 6720606 ފޮނާއި ގުޅުއްވުން އެދެމެވެ.
ވޭން (ވެހިކަލް) ބެހޭ އިތުރު މަޢުލޫމާތު
ރަޖިސްޓްރީ ނަންބަރު: B1A4795
ރަޖިސްޓްރީ ކުރި ތާރީޚް: 19.08.2007
ހަކަތައިގެ ބާވަތް: ޑީސަލް
ޖާގައިގެ ޢަދަދު: 08