ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ
މިކުންފުންޏަށް ޑިސްޓްރިބިއުޝަން ބޮކްސް ގަތުމަށް ކުރެވުނު ނަންބަރު: FNK-K(T)/FNK/IUL/2015/017 ތާރީޚު:(26 ފެބުރުވަރީ 2015) އިޢުލާނާ ގުޅިގެން ދެވުނު މަޢުލޫމާތުގައި އޮޅުން އަރާކަހަލަ ކަމެއް ހިނގާފައިވާތީ، އެ އިޢުލާން ބާޠިލުކުރުމަށްފަހު، މިފުރުޞަތު މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.
# |
Description |
Qty |
Unit |
|
Distribution Box |
|
|
1 |
Distribution box, 12 circuit complete with single terminal (Distribution box complete 12 circuit, 1MCCBx160Ax3P/9MCBx 1Px40A / 1xMCBx63Ax3P, Neutral Busbar 12 Hole, 1 x terminal x 160A.).Flo 8b weather proof, double lock.(650x500x250)mm |
405 |
Nos |
2 |
Distribution box, 18 circuit complete with single terminal (Distribution box complete 18 circuit, 1MCCBx160Ax3P/15 MCBx 1Px40A / 1xMCBx63Ax3P, Neutral Busbar 18 Hole ,1 x terminal x 200A.).Flo 8b weather proof, double lock.(650x500x250)mm |
493 |
Nos |
3 |
Distribution box, 24 circuit complete with double terminal (Distribution box complete 24 circuit, 1MCCBx160Ax3P/21MCBx 1Px40A / 1xMCBx63Ax3P, Neutral Busbar 24 Hole, 2 x terminal x 200A.).Flo 9b weather proof, double lock (800x500x300)mm |
16 |
Nos |
4 |
Distribution box, 36 circuit complete with single terminal (Distribution box complete 36 circuit, 1MCCBx160Ax3P/33 MCBx 1Px40A / 1xMCBx63Ax3P, Neutral Busbar36 Hole,2 x terminal x 250A.).Flo 9b weather proof, double lock.(800x600x300)mm |
10 |
Nos |
Remarks: MCCB and MCB
- DB’s must be of Hager / ABB / Merlin Gerin / Schneider / Clipsal Brand.
- All the wiring must be 1C x flexible copper cable.
ހުށަހަޅަންވީ ތަކެތި:
- މިތަކެތި ސަޕްލައިކޮށްދެވޭނެ އަގު (ލިސްޓްގައިވާ ހުރިހާ ތަކެއްޗަށް އަގު ހުށަހަޅުއްވަންވާނެއެވެ. އަދި ޖީ.އެސް.ޓީއަށްވާ ޖުމްލަ އަދަދު ވަކިން އެނގެން އޮންނަންވާނެއެވެ.)
- ސަޕްލައިކޮށްދެވޭނެ މުއްދަތު
- ހުށަހަޅާފައިވާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 60 ދުވަހަށް ވާންވާނެއެވެ.
- ކުންފުނީގެ މަޢުލޫމާތު ( ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ، މިމަސައްކަތުގައި ކުންފުނީގެ ފަރާތުންމުޢާމަލާތު ކުރާނޭ ފަރާތުގެ ނަން، މަޤާމު އަދި ފޯނު ނަންބަރު)
- ދަޢުލަތަށް ދައްކަން ޖެހޭ ޓެކްސް ކްލިއަރ ކުރިކަމުގެ ލިޔުން.
- މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުން.
އަންދާސީހިސާބުގައި ޕޮއިންޓްދެވޭ ގޮތް:
- އަގަށް (ދިވެހި ރުފިޔާ) 60 ޕޮއިންޓް
ހުށަހެޅޭ އެންމެހެޔޮ އަގު / ހުށަހެޅި އަގު 60
- ބިލަށް ފައިސާ ދެއްކުމަށް ދެވޭ މުއްދަތު (ދުވަސް) 30 ޕޮއިންޓް
ފައިސާ ދެއްކުމަށްދެވޭ މުއްދަތު 30
- ތަކެތި ފޯރުކޮށްދެވޭނެ މުއްދަތު (ދުވަސް) 10 ޕޮއިންޓް
ހުށަހެޅޭ އެންމެ ކުރު މުއްދަތު / ހުށަހެޅި މުއްދަތު 10
އަންދާސީހިސާބު ހުށަހަޅުއްވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.
މެނޭޖިންގ ޑިރެކްޓަރ ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އިޢުލާން ނަންބަރު:FNK-K(T)/FNK/IUL/2015/020 ޕޯޓް ކޮމްޕްލެކްސް، 7ވަނަ ފަންގިފިލާ ހިލާލީމަގު، މާފަންނު މާލެ |
Managing Director FenakaCorporationLtd IulaanNo:FNK-K(T)/FNK/IUL/2015/020 Port Complex.7th Floor HilaaleeMagu, Maafannu Male |
ބިޑް ހުޅުވުމަށް ހަމަޖެހިފައިވަނީ 17 މާރިޗު 2015 ވާ އަންގާރަ ދުވަހުގެ 14:00 ގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ޕޯޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) އޮފީހުގެ ޖަލްސާކުރާ މާލަމުގައި މިމަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތްތަކުގެ ހާޒިރުގައެވެ. ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 17 މާރިޗު 2015 ވާ އަންގާރަ ދުވަހުގެ 14:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. |
|
ނޯޓް: މަޢުލޫމާތު ފުރިހަމަ ނޫން ބިޑްތައް ބާޠިލު ކުރުމުގެ ފުރިހަމަ އިޚުތިޔާރު ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް ލިބިގެންވެއެވެ. އަދި ބިޑް ކޮންމެ ވަގުތެއްގައި ބާޠިލުކުރުމުގެ އިޚުތިޔާރުވެސް ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް ލިބިގެންވެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ރަސްމީ ގަޑީގައި 3018187 ނަންބަރު ފޯނު މެދުވެރިކޮށް ޕްރޮކިއުމަންޓް ޑިޕާޓްމަންޓަށެވެ. 07 ޖުމާދަލްއޫލާ 1436 |