ދިވެހިރާއްޖެ
މި މިނިސްޓްރީގެ މުވައްޒަފުންގެ ވޯރކް ސްޓޭޝަން ބަދަލުކޮށް މަރާމާތު ކުރުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ. މި މަސައްކަތަށް އަގުހުށަހަޅުއްވާއިރު މި އިޢުލާނާ އެކުގައިވާ ބީ.އޯ.ކިއު، އަދި މަޢުލޫމާތު ކަރުދާހާއެއްގޮތަށް އަގު ހުށަހެޅުމަށް ސަމާލުކަން ދެންވުމަށް ދަންނަވަމެވެ. މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށާއި އަގު ހުށަހެޅުއްވުމަށް ތިރީގައިވާ ތާވަލާ އެއްގޮތަށް ވަޑައިގެން ދެއްވުން އެދެމެވެ.
|
ތާރީޚް އަދި ގަޑި |
ތަން |
މަޢުލޫމާތު ސާފުކުރުން |
20 ސެޕްޓެމްބަރ 2023 ވާ ބުދަ ދުވަހު 11:00 އަށް |
މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސް އެންޑް އެގްރިކަލްޗަރ (ވެލާނާގެ 7 ވަނަ ފަންގިފިލާ) |
އަންދާސީ ހިސާބު ހުށަހެޅުން |
26 ސެޕްޓެމްބަރ 2023 ވާ އަންގާރަ ދުވަހު 11:00 އަށް |
މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސް އެންޑް އެގްރިކަލްޗަރ (ވެލާނާގެ 7 ވަނަ ފަންގިފިލާ) |
މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް އެއްކަރުދާސް ކުރެވިފައިވާނެއެވެ. ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ރަސްމީ ބަންދު ނޫން 07 (ހަތް) ދުވަހުގެ މުއްދަތެއް ކަމުގައި ވުމުން، މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ބީލަން ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 11:00 އަށެވެ.
މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3339282, 3339283އަދި 3339239 ނަންބަރު ފޯނަށެވެ.