ހައްދުންމަތީ ކަލައިދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
ވަރުވާއަށް ރުއް ލިޔެ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

މި ކައުންސިލްގެ ބެލުމުގެ ދަށުގައި، މިރަށުގެ ބޮޑުމަގުގެ ދެފަރާތާއި، މޫދަށް އެރޭ ސަރަހައްދާއި، ބަނދަރު ސަރަހައްދުގައި ފޯދިފައިހުރި 103 ރުއް ބީލަމުގެ އުސޫލުން، ފަސް އަހަރު ދުވަހުގެ މުއްދަތަށް ވަރުވާއަށް ލިޔެ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މިގޮތުން މި ރުއްތައް ލިޔެދެވޭނީ މަސްދުވަހަށް އެންމެ ބޮޑު ވަރުވާއެއް ހުށަހަޅާ ފަރާތަކަށެވެ.

              ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާވަލުގައި ބަޔާން ކޮށްފައިވާ ތާރީޙްގެ ކުރިން ކައުންސިލްއަށް ދުރުވެ ރަޖިސްޓްރީ ކުރެއްވުމަށް ދަންނަވަމެވެ. ރަޖިސްޓްރީ ކުރެއްވުމުން އަގު ހުށަހަޅާ ފޯމް އެފަރާތަކާއި ހަވާލު ކުރެވޭނެއެވެ.

ތަފުސީލު

ތާރީޚް

ގަޑި

ބީލަމުގައި ރަޖިސްޓްރީ ކުރުން

19 ސެޕްޓެމްބަރ 2023 ން 24 ސެޕްޓެމްބަރ 2023 އަށް

ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެދުނު 9:00 – 12:00 ދެމެދުގެ ވަގުތެއްގައި

އަގު ހުށަހަޅާ ފޯމު ބަލައިގަތުން

26 ސެޕްޓެމްބަރ 2023 (އަންގާރަ)

13:00 ގައި

               އަގު ހުށަހެޅުއްވުން އޮންނާނީ މަތީގައި ބަޔާންކޮއްފައިވާ ތާރީޙްގައި ހައްދުންމަތީ ކަލައިދޫ ކައުންސިލްގެ އިދާރާގައެވެ. އެއްވެސް ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާނަމަ އެކަން ބަޔާންކޮށް ބަދަލުގައި ފޮނުވާ ފަރާތުގެ ނަމާއި، އެޑްރެސް އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު އެނގޭގޮތަށް ސިޓީއެއް ގެންނަވަންވާނެވެ. މައުލޫމާތު ނުނަންގަވާ ފަރާތްތަކުން ހުށަހަޅުއްވާ ފޯމާއި މަޢުލޫމާތު ފުރިހަމަނުވާ ފޯމުތައް އަދި ގަޑިޖެހިގެން ގެންނަ ފޯމްތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

               މި އިޢުލާނާއި ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ 26 ސެޕްޓެމްބަރ 2023 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން [email protected]  އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

                    ވީމާ، މިކަން  އާއްމުކޮށް އެންގުމަށްޓަކައި  އިޢުލާން ކުރީމެވެ.         

17 ސެޕްޓެންބަރު 2023
ހޯދާ