ދިވެހިރާއްޖެ
ނ. މަނަދޫން ދިރިއިޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތި އަމިއްލަކުރުމަށްޓަކައި ދައްކަންޖެހޭ އަގު ކަނޑައެޅުން
ޤާނޫނު ނަންބަރު: 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 41 ވަނަ މާއްދާއިން ބާރުލިބިގެން އެކުލަވާލައިފައިވާ، ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތި އަމިއްލަކުރުމާއި، ގަނެ ވިއްކުމާބެހޭ ގަވާއިދު ނަންބަރު: 2022/R-181 (30 އޮކްޓޯބަރ 2022) ގެ 9 ވަނަ މާއްދާގެ (ހ) ގައި ވާގޮތުގެމަތިން، ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތި އަމިއްލަކުރުމަށްޓަކައި، އެގޯތި ރަޖިސްޓްރީ ކޮށްދީފައިވާ ފަރާތުން ސަރުކާރަށް ދައްކަންޖެހޭ އަގު ކަނޑައަޅާނީ ރަށެއްގައި ނަމަ، އެރަށެއްގެ ރަށު ކައުންސިލުންނެވެ.
އެހެންކަމުން، ނ.މަނަދޫން ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗެއް އަމިއްލަކުރުމަށްޓަކައި، އެގޯތި ރަޖިސްޓްރީ ކޮއްދީފައިވާ ފަރާތުން ސަރުކާރަށްދައްކަންޖެހޭ ބިން އަމިއްލަކުރުމުގެ އަގަކީ އަކަފޫޓަކަށް -/35ރ (ތިރީސް ފަސް ރުފިޔާ) ކަމުގައި ނ.މަނަދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 86 ވަނަ އާންމު ބައްދަލުވުމުން ވަނީ ކަނޑައަޅާ ފާސްކޮށްފައެވެ.
ވިމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.