މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ އިޖުތިމާޢީ ސަރަޙައްދު ކުނިކެހުން

ބޭނުންވާ އަދަދު:

25 މީހުން

މުސާރަ:

2000.00ރ ( މަހަކަށް )

މުއްދަތު:

1 އަހަރު ދުވަސް

މަސައްކަތް ކުރަންޖެހޭ ގަޑި:

  • ހަވީރު 16:00 އިން 18:00 އަށް
  • ހަފްތާއަކު 05 ދުވަސް
  • ދުވާލަކު 02 ގަޑިއިރު

ޝަރުތު:

  • މަސައްކަތް ކުރުމުގެ ޖިސްމާނީ ކުޅެދުންތެރިކަން ލިބިފައިވުމާއި، 18 އަހަރާއި 65 އަހަރާ ދެމެދު މީހެއްކަމުގައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފަރާތުގެ ސިޓީ އަދި އައިޑީ ކާޑު ކޮޕީ ( ގުޅޭނެ ފޯނު ނަންބަރާއިއެކު )

މީހުން ހޮވާނެގޮތް:

މި މަސައްކަތަށް 25 ފަރާތަށް ވުރެ ގިނަ ފަރާތުން ކުރިމަތިލާފައިވާނަމަ މީހުން ހޮވާނީ ގުރުއަތުންނެވެ. އަދި ގުރުއަތުން ނުހޮވޭ ފަރާތްތަށް މަސައްކަތު މީހުން ސަލާމް ނަންގަވާ ހާލަތްތަކުގައި ވަގުތީ ގޮތުން މަސައްކަތް ކުރުމަށް ނެގުމަށް އެކުލަވާލެވޭ ވޭޖް ޕޫލްގައި ރަޖިސްޓްރީ ކުރެވޭނެވެ. އަދި މީގެ އިތުރުން ވޭޖް ޕޫލްގައި ރަޖިސްޓްރީ ވުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު 1 އަހަރު ދުވަހުގެ މުއްދަތަށް ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ.  މި މަޤާމަށް މީހުން ހޮވުމުގައި، އެހެން ވަޒީފާއެއް އަދާ ނުކުރާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

  ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 26 ސެޕްޓެމްބަރ 2023 ގެ 14:00 ގެ ކުރިން، މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލް އިދާރާ އަށް ސިޓީ ހުށައެޅުއްވުމަށް ދަންނަވަމެވެ.

 

 

17 ސެޕްޓެމްބަރ 2023 

17 ސެޕްޓެންބަރު 2023
ހޯދާ