އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އއ.އަތޮޅު ކައުންސިލްގެ ލޯގޯ ފަރުމާކޮށްދޭނެ ފަރާތެއް ހޯދުން
- މި ކައުންސިލުގެ ލޯގޯ ފަރުމާކޮށްދެއްވާނެ ފަރާތެއް ހޯދުމަށް، ކުރި ނަންބަރު: (IUL)233-CA/233/2023/9 އިޢުލާނާ ގުޅިގެން، އެކަށީގެންވާ ހުށަހެޅުމެއް ލިބިފައިނެތުން، މި މަސައްކަތަށް އަންދާސީ ހިސާބު / ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
- އަންދާސީ ހިސާބު / ކޯޓޭޝަން ހުށަހެޅުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2023 ސެޕްޓެމްބަރ 21، ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން، ނަންނޯޓް ކުރެއްވުމަށް، މި އިޢުލާނާއެކު އެއްކަރުދާސް ކޮށްފައިވާ ފޯމު ފުރިހަމަ ކުރައްވައި، [email protected] އަށް މެއިލްކުރެއްވުން އެދެމެވެ. ނަންނޯޓް ކުރައްވާ ފަރާތްތަކަށް މަސައްކަތުގެ މަޢުލޫމާތު ކަރުދާސް ދޫކުރަމުން ގެންދާނެއެވެ.
- އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން، 2023 ސެޕްޓެމްބަރ 25، ހޯމަ ދުވަހުގެ 14:00ގެ ކުރިން، [email protected] އަށް މެއިލް ކުރައްވައި، ނުވަތަ 6660606 ނަންބަރު ފޯނާ ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. މިކަމާ ގުޅިގެން ދޫކުރެވޭ އެންމެހައި މަޢުލޫމާތު ހޯއްދެވުމަކީ، މަސައްކަތަށް ކުރިމަތިލައްވާ ފަރާތުގެ ޒިންމާއެކެވެ.
5. އަންދާސީ ހިސާބު / ކޯޓޭޝަން ހުށަހެޅުމުގެ އެންމެފަހު ތާރީޚަކީ، 2023 ސެޕްޓެމްބަރ 26، އަންގާރަ ދުވަހުގެ 13:00 އެވެ. މި ތާރީޚުގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބު / ކޯޓޭޝަން ބަލައިނުގަނެވޭނެ އެވެ.
6. އަންދާސީ ހިސާބު / ކޯޓޭޝަން ހުޅުވުން އޮންނާނީ، 2023 ސެޕްޓެމްބަރ 26، އަންގާރަ ދުވަހުގެ، 13:15 ގައި، މި އިދާރާގެ ޖަލްސާކުރާ މާލަމުގަ އެވެ.
7. ހުށަހަޅާ އަންދާސީ ހިސާބު / ކޯޓޭޝަން އިވެލުއޭޓް ކުރެވޭނޭ ގޮތުގެ ތަފްޞީލު މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެ އެވެ.
17 ސެޕްޓެންބަރު 2023
ހޯދާ