ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
1. މިސަރވިސްގެ ބޭނުމަށް ތިރީގައި ދެންނެވިފައިވާ ލިސްޓުގައި ހިމެނޭ އައިޓީ ސްޕެއަރތައް ގަތުމަށް ބޭނުންވެއެވެ. ވީމާ، މިތަކެއްޗަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުޤުވެރިވެލައްވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
* |
ތަކެތީގެ ތަފުސީލު |
ބޭނުންވާ އަދަދު |
01 |
މަދަރ ބޯޑް |
25 |
02 |
ޕަވަރ ސަޕްލައ |
40 |
03 |
ރެމް |
35 |
04 |
ހާރޑް ޑިސްކް ޑެކްސްޓޮޕް |
25 |
05 |
ކީ ބޯރޑް |
15 |
06 |
މައުސް |
15 |
07 |
ކޮންޓެކްޓް ކްލީނަރ |
20 |
08 |
ހީޓްސިންކް ކޮމްޕައުންޑް |
30 |
2. ބީލަންތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 01 މާރިޗު 2015 އިން ފެށިގެން 2015 މާރިޗު 04 ވާ ބުދަ ދުވަހުގެ ނިޔަލަށް، ބަންދުނޫން ކޮންމެ ދުވަހެެއްގެ 10:00 އިން 11:00 އަށް މި ސަރވިސްގެ ފައިނޭންސް ޑިޕާޓްމަންޓް (އިސްކަންދަރު ބިލްޑިންގ، އަމީނީމަގު) ގައެވެ. ބީލަން ފޮތެއްގެ އަގަކީ -/100ރ (ސަތޭކަ ރުފިޔާ) އެވެ. ފައިސާ ދެއްކެވުމުން ބީލަންފޮތް، ސޮފްޓް ކޮޕީ ފޯމެޓެއްގައި މިސަރވިސްގެ ޕްރޮކިއުމަންޓް ސެކްޝަނުން ލިބިވަޑައިގަންނަވާނެއެވެ.
3. މި ޕްރޮޖެކްޓްގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2015 މާރިޗު 05 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި، އިސްކަންދަރު ބިލްޑިންގގައެވެ.
4. އަދި ބީލަންފޮތްތައް ބައްލަވައިގެންފައި ވީނަމަވެސް މި ޕްރޮޖެކްޓްގެ ޕްރީބިޑް މީޓިންގއަށް ހާޒިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ.
5. މި ޕްރޮޖެކްޓާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2015 މާރިޗު 04 ވާ ބުދަ ދުވަހުގެ 16:00 ގެ ކުރިން މިސަރވިސްގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުއްވުން އެދެމެވެ.
6. ބީލަން ހުޅުވުން އޮންނާނީ 10 މާރިޗު 2015 ވާ އަންގާރަ ދުވަހުގެ 12:30 ގައި މިސަރވިސްގެ ފައިނޭންސް ޑިޕާޓްމަންޓްގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ޚިދުމަތް ދޭ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
7. އެޑްވާންސް ޕޭމަންޓްގެގޮތުގައި ކޮންޓްރެކްޓް އަގުގެ % 15 އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ.