ދިވެހިރާއްޖެ
ސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުން
ބ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ސެކިއުރިޓީ ކޮންޓްރެކްޓް އުސޫލުން 1 އަހަރުދުވަހަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، ސެކިއުރިޓީ ބެލެހެއްޓުމަށް ޝައުޤުވެރިވާ ފަރާތްތަކުން 02 މާރިޗު 2015 ވާ ހޯމަ ދުވަހު މެންދުރުކުރި 10:30 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 05 މާރިޗު 2015 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައެއްނުގަނެވޭނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި އެހެންބޭފުޅަކު ފޮނުއްވާނަމަ އެފަރާތެއްގެ ސިޓީއަކާއެކު ހުށަހެޅުއްވުމުން ޤަބޫލު ކުރެވޭނެ ވާހަކަވެސް ދެންނެވީމެވެ.
އެކަށީގެންވާ ފަރާތެއް ހޮވުމަށް ޕޮއިންޓްދޭނީ ތިރީގައި މިވާ އުސޫލުންނެވެ.
- އަގަށް %90
- ތަޖުރިބާއަށް %5
- ކުންފުނި ނުވަތަ ލޯކަލްއިންވެސްޓްމެންޓެއްނަމަ %5
5 ޖުމާދަލްއޫލާ 1436