މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ތިނަދޫ ސިޓީގައި މި ކުންފުނިން ޤާއިމްކޮށްފައިވާ އައިސްޕްލާންޓްގެ ގޯތިތެރޭގައި އިމާރާތްކުރަމުންދާ ގުދަނުގެ ފުރާޅުގެ މަސައްކަތްކުރުން

އިޢުލާން ނަންބަރު: 134-PRO/I/2023/75

ތާރީޚް: 14 ސެޕްޓެމްބަރ 2023

އިޢުލާން

 

ތިނަދޫ ސިޓީގައި މި ކުންފުނިން ޤާއިމްކޮށްފައިވާ އައިސްޕްލާންޓްގެ ގޯތިތެރޭގައި އިމާރާތްކުރަމުންދާ ގުދަނުގެ ފުރާޅުގެ މަސައްކަތްކުރުން

މިއީ ތިނަދޫ ސިޓީގައި މި ކުންފުނިން ޤާއިމްކޮށްފައިވާ އައިސްޕްލާންޓްގެ ގޯތިތެރޭގައި އިމާރާތްކުރަމުންދާ ގުދަނުގެ ފުރާޅުގެ މަސައްކަތް ކުރުމަަށް، ބޭނުންވާ މައިގަނޑު ތަކެތި ދިނުމުން، މަސައްކަތް ކުރާ ފަރާތުގެ އަމިއްލަ ސާމާނުގައި މަސައްކަތް ކުރުމަށް އަގު ހުށަހެޅުމަށް ހުޅުވާލެވޭ ފުރުޞަތެކެވެ. މި މަަސައްކަތްކުރާނީ މިފްކޯއިން ކަނޑައަޅާފައިވާ އިންޖިނޭރެއްގެ ބެލުމުގެދަށުން އޭނާގެ ޙާޟިރުގައެވެ.

މި މަސައްކަތާ ގުޅޭ މަޢުލޫމާތު ކަރުދާސް އެޓޭޗް ކުރެވިފައިވާނެއެވެ.

 

ބިޑް ކުރިއަށްދާނެގޮތުގެ ތަފްޞީލް

ތާރީޙް

ވަގުތު

 ބީލަން ހުށަހެޅުން

  އީމެއިލް މެދުވެރިކޮށް

 [email protected]

20 ސެޕްޓެމްބަރ 2023

މެންދުރު 01:00ގެ ކުރިން

ބީލަން ހުޅުވުމުގެ ބައްދަލުވުމުގައި ރަޖިސްޓްރީ ކުރުން

އީމެއިލް މެދުވެރިކޮށް [email protected]

20 ސެޕްޓެމްބަރ 2023

މެންދުރު 01:00ގެ ކުރިން

ބީލަން ހުޅުވުން

 މައިކްރޯސޮފްޓް ޓީމްސް މެދުވެރިކޮށް

20 ސެޕްޓެމްބަރ 2023

މެންދުރުފަހު  02:00ގައި

 

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަތީގައި ބަޔާންކުރެވިފައިވާ ތާވަލާއިއެއްގޮތަށް ރަޖިސްޓްރީ ކުރެއްވުމަށްފަހު ބީލަން ހުށަހެޅުއްވުން އެދެމެވެ. ބީލަން ހުޅުވުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރެއްވުމަށް ތިރީގައިވާ ހުރިހާ މައުލޫމާތެއް ފުރިހަމަ ކުރެއްވުމަށްފަހު އީ-މެއިލް ކުރައްވާނީ [email protected]  އަށެވެ.

- އިޢުލާން ނަންބަރު

- ކުންފުނީގެ ނަން

- ނަމާއި ފޯނު ނަންބަރު

- އީމެއިލް އެޑްރެސް

 

ނޯޓް:  ބިޑަށް އަންދާސީ ހިސާބު ހުށައަޅުއްވަން ވާނީ ހަމައެކަނި  [email protected] އީމެއިލް އަށެވެ. މިނޫން އީމެއިލް އަކަށް އެޑްރެސްކުރާ ނުވަތަ ސީސީ ކޮށްފައިވާ އަންދާސީ ހިސާބު ބަލައިނުގަތުމުގެ އިހުތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް އަދި މި އިޢުލާނާ ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބާތިލްވާނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް އީމެއިލް ކުރައްވާނީ  [email protected] އަށެވެ.

14 ސެޕްޓެންބަރު 2023
ހޯދާ