ދިވެހިރާއްޖެ
މި އަހަރުގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވޭ ރަސްމީ ޙަފްލާ އޮކްޓޫބަރު 12 ވަނަ ދުވަހު މާލޭ ސިޓީގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މިޙަފްލާ މެނޭޖްކޮށް ކޭޓަރިންގ ގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ބިޑަށް ރެޖިސްޓަރ ކުރެއްވުމަށްފަހު ތިރީގައިވާ ތާވަލާ އެއްގޮތަށް މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ބިޑަށް ރެޖިސްޓަރ ކުރެއްވުމަށް ތިރީގައިވާ ލިންކްގައިވާ ފޯމް ފުރުއްވައި، 19 ސެޕްޓެންބަރު 2023 ވާ އަންގާރަ ދުވަހުގެ 10:00 ގެ ކުރިން ސަބްމިޓް ކުރެއްވުން އެދެމެވެ.
https://forms.gle/L3Suqnkq15vfohLw6
ހަރަކާތް |
ތާރީޚް |
ގަޑި |
ތަން |
މަޢުލޫމާތު ސެޝަން |
19 ސެޕްޓެންބަރު 2023 (އަންގާރަ) |
11:00 |
މިނިސްޓްރީ އޮފް ޓޫރިޒަމް (ވެލާނާގެ، 5 ވަނަ ފަންގިފިލާ) |
ބީލަން ހުށަހެޅުން/ހުޅުވުން |
24 ސެޕްޓެންބަރު 2023 (އާދީއްތަ) |
10:00 |
މިނިސްޓްރީ އޮފް ޓޫރިޒަމް (ވެލާނާގެ، 5 ވަނަ ފަންގިފިލާ) |
ބީލަންހުށަހެޅުމާއި ގުޅޭ ޢާންމު އިރުޝާދު، އަދި ބީލަން ހުށަހަޅަންޖެހޭ ފޯމް ސެޓް މި އިޢުލާނާއި އެކު އެއްކަރުދާސްކޮށްފައި ވާނެއެވެ. މަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް މަޢުލޫމާތު ސެޝަންގައި ޙިއްސާކުރެވޭނެއެވެ. އޭގެފަހުން މި އިޢުލާނާއި ގުޅުންހުރި ލިޔެކިޔުމާއި މަޢުލޫމާތު ލިބިގަތުމަކީ އެބޭފުޅެއްގެ އަމިއްލަ ޒިންމާއެކެވެ.
ބީލަމުގައި ބައިވެރިވުމަށް ރެޖިސްޓަރ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ. އަދި ރަޖިސްޓްރީ ކުރައްވާފައިވާ ފަރާތްތަކުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 21 ސެޕްޓެންބަރު 2023 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީގެ އީމެއިލް [email protected] އެޑްރެހަށް މެއިލް ކުރެއްވުން އެދެމެވެ.