ދިވެހިރާއްޖެ
މި އޮފީހުގެ އިއުލާނު ނަންބަރު MPAO/I/2015/09-ފ216 އިން ޕެންޝަން އެންޑް ސޯޝަލް ޕްރޮޓެކްޝަން އެޑްމިނިސްޓްރޭޝަން ޕްރޮޖެކްޓުގެ އެހީގެ ދަށުން ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީއަށް ގަންނަން އިޢުލާނު ކޮށްފައިވާ ތަކެތީގެ ތެރެއިން ތިރީގައި މިވާ ތަކެތި ފޯރުކޮށްދިނުމަށް ހުށަހަޅާފައިވާ ބިޑުތަކުގެ ޓެކްނިކަލް ޝަރުޠުތައް ހަމަނުވުމުގެ ސަބަބުން އެތަކެއްޗައް ހުށަހަޅާފައިވާ ބިޑުތައް ބާޠިލުކޮށް އެތަކެތި ގަތުމަށް އަލުން އިޢުލާނު ކުރަމެވެ.
# |
އަދަދު |
އައިޓަމް |
1 |
1 |
Server system medium/low-end |
1 |
Windows Server 2012 Standard Edition |
|
1 |
Kaspersky antivirus for Windows Server 2012 |
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 03 މާރިޗު 2015 (އަންގާރަ) ދުވަހުގެ 14:00 އަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 05 މާރިޗު 2015 (ބުރާސްފަތި) ދުވަހުގެ 12:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
އަދި ދަންނަވަމެވެ. ކޮންމެ އައިޓަމަކަށް އަންދާސީހިސާބު ހުށަހަޅަންވާނީ ވަކިންނެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުންނާއި، ވަގުތުގެ ފަހުން އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުގެ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާ ފަރާތްތަކުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ.
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
ޕްރޮޖެކްޓް މެނޭޖްމަންޓު ޔުނިޓް
އަމީނީ މަގު، 20379
މާލެ، ދިވެހިރާއްޖެ
ފޯނު ނަންބަރު: 3309908
ފެކްސް ނަންބަރު: 3307759
އީމެއިލް:[email protected]،[email protected]