ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު
ދިވެހިރާއްޖެ
ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒު (މާލެ/ ހުޅުމާލެ) ގައި 2023 ވަނަ އަހަރުގެ ދެވަނަ ސެމިސްޓަރގައި ކޯސް ފެށުމަށް

   

އިޢުލާން

   ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒު (މާލެ/ ހުޅުމާލެ) ގައި 2023 ވަނަ އަހަރުގެ ދެވަނަ ސެމިސްޓަރގައި ތިރީގައި މިދަންނަވާ ކޯސް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

 ޤިރާއަތު ސެޓްފިކެޓް 1

ޝަރުޠު:       

  1. ފަށާތަޢުލީމު ނިންމާފައިވުން ( ގްރޭޑް 7 ނިންމާފައިވުން )
  2. މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން. 

މުއްދަތު:  8 ހަފްތާ.

ޖާގަ:    މާލެ – 60 ޖާގަ (ހެނދުނު ދަންފަޅި 30 ޖާގަ، މެންދުރު ދަންފަޅި 30 ޖާގަ)

         ހުޅުމާލެ – 30 ޖާގަ

 ވީމާ، މިކޯހުގައި ބައިވެރިވުމަށް އެދޭ ފޯމު މި މަރުކަޒުގެ ވެބްސައިޓުން (www.nchq.gov.mv) https://chq.gov.mv/wp-content/uploads/2022/06/Application-form-NCHQ-8-6-2022-new-1.pdf  

14 ސެޕްޓެމްބަރ 2023 ވާ ބުރާސްފަތި ދުވަހުން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. ކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 28 ސެޕްޓެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން އެޕްލިކޭޝަން ފޯމު ފުރުމަށްފަހު ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ އަދި އައިޑީކާޑްގެ ކޮޕީ އާއެކު [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ.

މި ކޯސްތަކަށް ދަރިވަރުން ހޮވުމަށް ބާއްވާ ބަސްދީގަތުން އޮންނާނީ 01 އޮކްޓޯބަރ 2023 – 03 އޮކްޓޯބަރ 2023 އާއި ދެމެދުއެވެ.

14 ސެޕްޓެންބަރު 2023
ހޯދާ