ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިން ހޯދުމާގުޅޭ
މި ރަށު ދިރާގު ހަޓަށް ދަތިވާގޮތަށް އެ ސަރަޙައްދުގައިވާ 4 ދިވެހި ރުކެއްގެ ވެރިފަރާތް ހޯދުމަށް މި އިދާރާއިން ކުރި ނަންބަރު: (IUL)408-ESMS/408/2023/33 (24 އޮގަސްޓް 2023) އިޢުލާނަށް އެއްވެސްފަރާތަކުން އިޖާބަދީފައިނުވާތީ، 2 ވަނަ ފަހަރަށް އިޢުލާންކުރަމެވެ.
ވީމާ، އެ ސަރަޙައްދުގައި ރަތްކުލައިގެ ދަވާދުން ނަންބަރު ޖަހާފައިވާ އެއްވެސް ރުކެއްގެ ވެރިފަރާތެއްވާނަމަ، އެކަން އެނގޭނެ ލިޔުމަކާއެކު އެ ރުކެއް އެނގޭގޮތަށް 24 ސެޕްޓެންބަރު 2023 ވާ އާދީއްތަ ދުވަހުގެ 12:00ގެ ކުރިން މި އިދާރާއަށް ލިޔުމަކުން އެންގެވުން އެދެމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
14 ސެޕްޓެންބަރު 2023
ހޯދާ