މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ކޮންސަލްޓަންޓެއް ހޯދުމަށް

ކޮންސަލްޓަންޓެއް ހޯދުމަށް ބޭނުންވެއްޖެ

މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ފަރާތުން ރާއްޖޭގެ އެކިއެކި ރަށްރަށުގައި އިމާރާތް ކުރަމުންދާ އިމާރާތްތަކުގެ ފަންނީ މަސައްކަތްތަކަށް ބޭނުންވާ ލަފާދިނުމާއި އަދި އެފަދަ އިމާރާތްތަކުގެ މަސައްކަތް ހިގަމުންދާއިރު އެ މަސައްކަތް ސުޕަވައިޒު ކުރުމުގެ ގޮތުން މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް ބޭނުންވާ ފަންނީ ލަފައާ އިރުޝާދުދީ އަދި ޓެކްނިކަލް ޑްރޯވިން ތައްޔާރު ކުރުންފަދަ ފަންނީ ގިނަމަސައްކަތްތަކެއް ކުރަންބޭނުންވާތީ، އެކަމުގެ ތަޖުރިބާ ލިވިފައިވާ ޤާބިލު ފަރާތެއް 01 އަހަރު ދުވަހުގެ މުއްދަތަށް ހޯދުމަށް ކުރެވުނު ނަންބަރު IUL)22-PU/1/2015/46) އިޢުލާނާ ގުޅިގެން ދެވިފައިވާ މަޢުލޫމާތަށް ބަދަލުގެނައުމަށް ބޭނުންވާތީ، އެއިލާން ބާޠިލު ކުރުމަށްފަހު އަލުން އިޢުލާން ކުރީމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭ 08 ވަނަފަންގިފިލާ) ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭ 08 ވަނަފަންގިފިލާ) ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީ ހިސާބު ހުށަހެޅުމަށް

03 މާރިޗު 2015 (އަންގާރަ) ދުވަހުގެ 11:00 ށް

08 މާރިޗު 2015 (އާދިއްތަ)ދުވަހުގެ11:00 ށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436 ނަންބަރު ފޯނާއެވެ.

05 ޖުމާދަލްއޫލާ 1436

24 ފެބުރުވަރީ 2015
ހޯދާ