ދިވެހިރާއްޖެ
(IUL)MMPRC-PRO/1/2023/30 :ނަންބަރ
އިޢުލާން
މި ކޯޕަރޭޝަނުން ފޯރުކޮށްދޭ މަޢުލޫމާތާ އެއްގޮތަށް ކްރިއޭޓިވް ކޮންޓެންޓްތައް ތައްޔާރުކޮށްދޭނެ ފަރާތެއް (01 އަހަރު ދުވަހުގެ މުއްދަތަށް) ހޯދަން ކުރެވުނު އިއުލާން ނަންބަރު IUL)MMPRC-PRO/1/2023/27) އަށް ޝަރުތުހަމަވާ ފަރާތެއް އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ އެ އިއުލާން ބާތިލްކޮށް އަލުން އެފުރުސަތު ހުޅުވާލަމެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 2023 ސެޕްޓެމްބަރ 19 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ބިޑް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 2023 ސެޕްޓެމްބަރ 20 ވާ ބުދަ ދުވަހުގެ މެންދުރުފަހު 02:00 ގެ ކުރިން ތިރީގައި ބަޔާންކުރެވިފައިވާ މި ކޯޕަރޭޝަންގެ އީމެއިލް އެޑްރެސްއަށް އީމެއިލްކުރެއްވުން އެދެމެވެ.
ވީމާ މިމަސައްކަތް ކޮށްދެއްވުމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން 2023 ސެޕްޓެމްބަރ 21 ވާ ބުރާސްފަތިދުވަހުގެ ހެނދުނު 11:00 އަށް، ހ. ޒޮނާރިއާގެ ދެވަނަ ފަންގިފިލާގައި ހުންނަ މި ކޯޕަރޭޝަންގެ އޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.
ބިޑް ރެޖިސްޓަރ ނުކުރާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
28 ޞަފަރު 1445
13 ސެޕްޓެމްބަރ 2023