ޖުޑިޝަލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
މި ކޮމިޝަންގެ ސަރވަރ އަޕްގްރޭޑް ކުރުމަށް ބޭނުންވާ ތަކެތި ސަޕްލައިކޮށް އަދި އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ

މި ކޮމިޝަންގެ ސަރވަރ އަޕްގްރޭޑް ކުރުމަށް ބޭނުންވާ ތަކެތި ސަޕްލައިކޮށް އަދި އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މި ކޮމިޝަންގެ ސަރވަރ އަޕްގްރޭޑް ކުރުމަށް ބޭނުންވާ ތަކެތި ސަޕްލައިކޮށް އަދި އިންސްޓޯލްކޮށްދޭން  ބޭނުންވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.

މި ކޮމިޝަންގެ ސަރވަރ އަޕްގްރޭޑް ކުރުމަށް ބޭނުންވާ ތަކެތި ސަޕްލައިކޮށް އަދި އިންސްޓޯލްކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން މި އިޢުލާނާއެކު ގެޒެޓް ކުރެވިފައިވާ މަޢުލޫމާތު ޝީޓާއި އެއްގޮތަށް ބިޑް ޑޮކިއުމެންޓް ތައްޔާރުކުރުމަށްފަހު 21 ސެޕްޓެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މި ކޮމިޝަނަށް (ހ.ސަކީނާމަންޒިލް / މެދުޒިޔާރަތްމަގު) އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުވުން އެދެމެވެ. ހަމަޖެހިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ 20 ސެޕްޓެމްބަރ 2023 ވާ ބުދަ ދުވަހު ގެ 12:00 ގެ ކުރިން [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.

 

28 ޞަފަރު 1445

13 ސެޕްޓެންބަރު 2023
ހޯދާ