އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
14 ކޮމްޕިއުޓަރ ސިސްޓަމް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާއިގުޅޭ

މި އިޢުލާންވަނީ 13 ސެޕްޓެންބަރު 2023 14:25 ގައި ބާތިލް ކުރެވިފައެވެ.


            އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީއަށް ބޭނުންވާ 14 ކޮމްޕިއުޓަރ ސިސްޓަމް ސަޕްލައިކޮށްދޭނެ ފަރާތެއް  ހޯދުމަށް 3 އޭޕްރީލް 2023، ވަނަދުވަހު ކުރެވުނު (IUL)203-AS/1/2023/21 އިއުލާނާއި ހަވާލާދީ ދަންނަވަމެވެ. އިސްވެދެންނެވުނު އިއުލާނުގައިވާ މަސައްކަތުގެ ތަޖުރިބާ ބަލާނެ މިންގަނޑެއް މައުލޫމާތު ޝީޓުގައި ހިމެނިފައިނުވުމުން އިއުލާން ވަނީ ބާތިލް ވެފައެވެ. އެހެންކަމުން އަލުން މިމަސައްކަތައް ބީލަން ހުށަހެޅުމުގެ ދައުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލެވިފައިވާކަން އާންމުކޮށް އަންގާ އިއުލާންކުރަމެވެ.

           މި އިޢުލާނާއި ގުޅޭގޮތުން އިތުރުމަޢުލޫމާތު ސާފުކުރަންވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 21 ސެޕްޓެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 11:00 ގެކުރިން  [email protected] އަށް އީމެއިލްކޮށްދެއްވުން އެދެމެވެ.  

          ބިޑް ހުޅުވުމަށް ހަމަޖެހިފައިވަނީ 02 އޮކްޓޯބަރ 2023  ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގައި އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީގައި އަންދާޒީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރަގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަންހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.  

13 ސެޕްޓެންބަރު 2023
ހޯދާ