ދިވެހިރާއްޖެ
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
މިނިސްޓްރީ އޮފް ހެލްތު
މާލެ، ދިވެހިރާއްޖެ
ނަންބަރު:(IUL)182-REG/23/2023/18
އެލާރޓް
Falsified Defitelio (Defibrotide Sodium)
Defitelio (Defibrotide Sodium)ގެ ފޯލްސިފައިޑް ބެޗްތަކެއް ޔޫރަޕުގެ ތުރުކިޔޭ ގައި އަދި ދެކުނު އިރުމަތީ އޭޝިއާގެ އިންޑިޔާގައި ދައުރުވަމުންދާކަމަށް ޑަބްލިއު. އެޗް.އޯ ގެ އެލާޓް ނަންބަރު: RPQ/REG/ISF/Alert No7/2023 އިން ވަނީ އެލާޓް ކުރައްވާފައެވެ.
މިބޭހުގެ ފޯލްސިފައިޑް ބެޗްތަކެއް މީގެ ކުރިންވެސް ޔުނައިޓެޑް އެރެބް އެމިރޭޓްސްއިންނާއި، ކިރްގިސްތާން އިން ފެނިފައިވާކަމަށް ޑަބްލިއު. އެޗް.އޯގެ އެލާޓް ނަންބަރު: RPQ/REG/ISF/Alert No3/2023 އަދި މިއޮތީރިޓީގެ އިއުލާން ނަންބަރު ((IUL)182-REG/23/2023/6 އިން ވާނީ އެލާޓްކޮށްފައެވެ.
މިބޭހަކީ ރާއްޖެއަށް އިމްޕޯރޓް ކުރުމާއި ވިއްކުމަށް ހުއްދަ ކުރާ ބޭހުގެ ތެރޭގައި ހިމެނޭ ބޭހެއް ނޫނެވެ. ނަމަވެސް ރާއްޖޭން ބޭރުން ބޭސްފަރުވާ ކުރާ ފަރާތްތަކުންނާއި ނުވަތަ އަމިއްލަ ގޮތުން ބޭސް ސިޓީއަށް ބޭސް އެތެރެކޮށް ބޭނުންކުރާ ނަމަ، ތިރީގައިވާ މި ފޯލްސިފައިޑް ބޭހުގެ ބެޗްތަކަށް ސަމާލުވުމަށް ދަންނަވަމެވެ.
ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭސްސިޓީއަށް ރާއްޖެއަށް އިމްޕޯރޓް ކުރާ ބޭސް ހާއްސަ ސަމާލު ކަމެއްދީގެން ޕޯރޓްތަކުގައި ބަލައިފާސް ކުރަމުން ގެންދާނެ ކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
އިތުރު މައުލޫމާތު ބޭނުންވެލައްވާނަމަ، މިއޮތޯރިޓީގެ މެޑިސިން އެންޑް ތެރަޕިއުޓިކް ގުޑްސް ޑިވިޝަންގެ ހޮޓްލައިން ނަންބަރ: 7200321 އަށް ގުޅުއްވުން އެދެމެވެ.