މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިރަށު ވޭސްޓް މެނޭޖްމަންޓް ސެންޓަރގެ ފެންސް މަރާމާތު ކުރުމާއި ގުޅެ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

  1. މިކައުންސިލްގެ ނަންބަރ(IUL)306/306/2023/26  އިއުލާނަށް ގުޅިގެން ހުށަހަޅާފައިވާ ބީލަމުގެ އަގު ބޮޑުވުމުން، ބީލަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ. އެގޮތުން މިރަށު ވޭސްޓްމެނޭޖްމަންޓް ސެންޓަރުގެ ކުރިމަތީ ފެންސް މަރާމާތުކުރުމާއި ދެންހުރި ފެންސްތައް ނަގައި ފެންސް ޖަހާފައިވާ ފާރުތަށް (ބީމްތަކާއެކު) 7 ފޫޓަށް އުސްކޮށް، ތަނބުއަޅާ ރާނާ ސިމެންތިޖަހާ ގޭޓް މަރާމާތުކުރުމުގެ މަސައްކަތްތަށް ކުރުމަށް ޝަރުތުހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

  2. މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2023 ސެޕްޓެންބަރު 14 އިން 2023 ސެޕްޓެންބަރު 24 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ. 

  3. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2023 ސެޕްޓެންބަރު 25 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

  4. ބިޑް ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2023 އޮކްޓޯބަރ 02 ވާ ހޯމަ ދުވަހުގެ 11:00 ގައި ރަސްމާދޫ ކައުންސިލް އިދާރާގައެވެ.

  5. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް އަދި މަޢުލޫމާތު ކަރުދާސް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. 

  6. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ސެކްޝަން

ރަސްމާދޫ ކައުންސިލް އިދާރާ

ރ.ރަސްމާދޫ، ދިވެހިރާއްޖެ.

ފޯން:  6580049

އީ-މެއިލް: [email protected]

13 ސެޕްޓެންބަރު 2023
ހޯދާ