ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު ސަރަހައްދުން ވިޔަފާރިބިން ކުއްޔަށް ދޫކުރުން.

މި ރަށުގެ ބަނދަރު ސަރަހައްދުން ވިޔަފާރި ބިމުގެ ގޮތުގައި ދެ ބިމެއް 15 އަހަރުގެ މުއްދަތަށް ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ބޭނުންވެއެވެ.

ވީމާ، މި ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ބީލަން ކަރުދާސް ބައްލަވައި ގަތުމަށްފަހު 2023 އޮކްޓޫބަރު 19 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މި އިދާރާއަށް ދުރުވެ ބީލަން ހުށަހެޅުއްވުން އެދެމެވެ. ބީލަން ކަރުދާސް ވިއްކާ އަގަކީ 2,000/-ރ (ދެހާސް ރުފިޔާ) އެވެ. ބީލަން ކަރުދާސް ލިބިވަޑައި ގަންނަވާނީ 2023 ސެޕްޓެންބަރު 12 ވާ އަންގާރަ ދުވަހުން ފެށިގެން 2023 އޮކްޓޫބަރު 05 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކައުންސިލްގެ އިދާރާގެ ކައުންޓަރުންނެވެ.

ބީލަން ކަރުދާސް ވިއްކުން

12 ސެޕްޓެންބަރު 2023 އިން 05 އޮކްޓޫބަރު 2023 އަށް

ޕްރީ-ބިޑް ބައްދަލުވުން

2023 އޮކްޓޫބަރު 10 ވަނަ ދުވަހު 13:00 ގައި.

ބީލަން ހުޅުވުން

2023 އޮކްޓޫބަރު 19 ވަނަ ދުވަހުގެ 13:00 ގައި ގއ.މާމެންދޫ ކައުންސިލް އިދާރާގެ މީޓިންގ ރޫމުގައި

މިކަމަށް އެދި ބީލަން ހުށަހަޅުއްވަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައެވެ. ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ބަދަލުގައި އެހެންފަރާތަކުން ބައިވެރިވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅަން ވާނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހެޅޭ ބީލަންތައް ބަލައި ނުގަނެވޭނެއެވެ. ބީލަން ހުޅުވުން އޮންނާނީ ބީލަންވެރިންގެ އެއްހާޒިރުގައެވެ.

މިކަމަށް ދޫކުރާބިން އެނގޭނެ ޗާޓެއް މި އިއުލާނާ އެއްކަރުދާސް ކުރެވިފައި ވާނެއެވެ. އަދި މި ބީލަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މި އިދާރާގެ ނަންބަރު 6820831 ފޯނަށެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާންކުރީމެވެ.

07 ސެޕްޓެންބަރު 2023
ހޯދާ