އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
2023 ސެޕްޓެންބަރު 9 ވީ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ރަސްމީ ނަތީޖާ

(IUL)38-AC/38/2023/401 :ނަންބަރު

އިޢުލާން

 

            2023 ސެޕްޓެންބަރު 9 ވީ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ރަސްމީ ނަތީޖާ މި ދަންނަވަނީއެވެ.

 

އިންސައްތަ

ލިބުނު ވޯޓު

ހައިސިއްޔަތު

އެޑްރެސް

ނަން

ކ. ނަންބަރ

2.87%

6343

އަމިއްލަގޮތުން

ހ. ދޮންޖޭމުގެ / މާލެ

ޢުމަރު  ނަޞީރު

1

0.15%

327

އަމިއްލަގޮތުން

މއ. މާވެޔޮ ވިލާ / މާލެ

އަލްއުސްތާޛު ޙަސަން ޒަމީލް

2

39.05%

86161

އެމް.ޑީ.ޕީ

ނޫރާނީއާގެ / ޅ. ހިންނަވަރު

އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ)

3

46.06%

101635

ކޮންގްރެސް ޕާޓީ

މ. ދިމްޔާތު / މާލެ

ޑރ. މުޙައްމަދު މުޢިއްޒު

4

2.47%

5460

ޖުމްހޫރީ ޕާޓީ

މ. މާފަންނުވިލާ / މާލެ

ޤާސިމް  އިބްރާހީމް

5

1.35%

2979

އަމިއްލަގޮތުން

މއ. ކިނބިގަސްދޮށުގެ / މާލެ

އަޙްމަދު ފާރިސް މައުމޫން

6

7.18%

15839

ދަ ޑިމޮކްރެޓްސް

ބުލޫސްކައި / ސ. ހުޅުދޫ

އިލްޔާސް ލަބީބު (އިއްލި)

7

0.86%

1907

އެމް.އެން.ޕީ

މ. ސީނުކަރަންކާގެ / މާލެ

މުޙައްމަދު ނާޡިމް (ކާނަލް ނާޡިމް)

8

 

220651

ޞައްޙަ ވޯޓު 

 

4835

ބާތިލް ވޯޓު 

 

225486

ޖުމްލަ ވޯޓު 

 

282395

ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ އަދަދު 

 

225486

ވޯޓު ލީ މީހުންގެ އަދަދު 

 

79.85%

ވޯޓު ލީ މީހުންގެ އިންސައްތަ 

މި އިންތިޚާބުގެ ނަތީޖާގައިވާ ގޮތުން، ރިޔާސީ އިންތިޚާބަށް ކުރިމަތިލީ އެއްވެސް ކެންޑިޑޭޓަކަށް ރިޔާސީ އިންތިޚާބުގައި ވޯޓުދިން މީހުންގެ ތެރެއިން ޞައްޙަ ވޯޓުގެ %50 (ފަންސާސް އިންސައްތަ) އަށް ވުރެ ގިނަ ވޯޓު ލިބިފައިނުވާތީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 111 ވަނަ މާއްދާގެ (ހ) އާއި ރިޔާސީ އިންތިޚާބުގެ ޤާނޫނުގެ 19 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރެއް ބޭއްވޭނެއެވެ. ރިޔާސީ އިންތިޚާބު 2023 ގެ ދެވަނަބުރުގެ ވޯޓު ނެގުމަށް ހަމަޖައްސާފައިވަނީ 2023 ސެޕްޓެންބަރު 30 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 ން ހަވީރު 5:00 އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ 30 (ތިރީސް) މިނިޓުގެ ހުސްވަގުތުކޮޅަކަށް ފަހުގައެވެ. މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާނުކުރުމަށް ހަމަޖެހިފައިވަނީ 2023 އޮކްޓޯބަރ 08 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 3:00 ގެ ކުރިންނެވެ. ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރާ ދެ ކެންޑިޑޭޓުންނަކީ:

ކެންޑިޑޭޓު ނަންބަރު 3 އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) ، ނޫރާނީއާގެ / ޅ. ހިންނަވަރު

ކެންޑިޑޭޓު ނަންބަރު 4 ޑރ. މުޙައްމަދު މުޢިއްޒު، މ. ދިމްޔާތު / މާލެ

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

12 ސެޕްޓެންބަރު 2023
ހޯދާ