މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
އެސިސްޓަންޓް ޕްރޮޕަޓީ މެނޭޖްމަންޓް އޮފިސަރ

ވަޒީފާގެ ފުރުޞަތު

މަޤާމު:

އެސިސްޓަންޓް ޕްރޮޕަޓީ މެނޭޖްމަންޓް އޮފިސަރ (ޖީ.އެސް 3) (1 އަހަރުގެ ކޮންޓްރެކްޓް)

ބޭނުންވާ އަދަދު:

1

މުސާރަ:

ގަޑިއިރަކަށް -/40 ރުފިޔާ

ސާރވިސް އެލަވަންސް:

               -

ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

އޮފީސް / ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ، މާލެ

ސެކްޝަން:

ސްޓޭޓް ޕްރޮޕަޓީ މެނޭޖްމަންޓް ޑިވިޜަން

މަޤާމުގެ ޝަރުޠު:

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • މިނިސްޓްރީގެ ފަރާތުން ކުއްޔަށްދޭ ތަންތަނުގެ އެއްބަސްވުންތައްތަޔާރުކޮށް، ސެކްޝަންގެ ވެރިއެއްގެ އިރުޝާދުގެ ދަށުން އެކަމާބެހޭ އެންމެހާ މަސައްކަތެއް ކުރުން.
  • މި މިނިސްޓްރީގެ ފަރާތުން ކުއްޔަށް ދޫކުރެވިފައިވާ، ފިހާރަތަކުގެ މުއްދަތު ހަމަވުމުގެ 3 މަސް ދުވަސް ކުރިން ފިހާރަތައް ކުއްޔަށް ދިނުމަށް އިއުލާން ކުރުމާއި، ފިހާރަ ކުއްޔަށް ދިނުމާބެހޭ އެންމެހާ ކަންތައްތައް، ހަމަޖެހިފައި އޮންނަ އުސޫލާ ގަވާއިދާ އެއްގޮތަށް ސެކްޝަންގެ ވެރިއެއްގެ އިރުޝާދާއެއްގޮތަށް، އެކަމާބެހޭ އެންމެހައި މަސައްކަތެއް ކުރުން.
  • މި މިނިސްޓްރީން ކުއްޔަށް ދީފައިވާ ފިހާރަތަކުގެ ރަޖިސްޓްރީތައް ހަދައި، ރަޖިސްޓްރީއަށް އަންނަ ބަދަލުތައް ނޯޓްކޮށް ބަލަހައްޓަމުން ގެންދިއުން.
  • ފިހާރަތަކާބެހޭ ލިޔުންތަކާއި، ސަރުކާރު ޕްރޮޕަރޓީތަކުގެ ލިޔުންތައް ފައިލްކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުން
  • ސެކްޝަން ބަޖެޓް ތައްޔާރުކުރުމުގައި، މުވައްޒަފު ކުރާ މަސައްކަތާ ގުޅޭ ގޮތުން އެހީތެރިވުން
  • ސަރުކާރުގެ އެސެޓް ރަޖިސްޓްރީތައް ހަދާ ބެލެހެއްޓުމާއި، ރަޖިސްޓްރީތަކަށް އަންނަ ބަދަލުތަކާބެހޭ މަޢުލޫމާތު ލިބުމުން ޢަމަލުކޮށް އެތަކެތި ފައިލްކުރުން
  • ސެކްޝަންގެ މަސައްކަތާ ގުޅިގެން ބިޑް ކޮމިޓީ ބާއްވާ ދުވަސްތަކުގައި ބިޑްކޮމިޓީގެ ޔައުމިއްޔާ ލިޔުން.
  • މި މިނިސްޓްރީއާ ހަވާލުކުރެވިފައިވާ ސަރުކާރުގެ އިމާރާތްތަކުގެ ރަޖިސްޓްރީއެއް ތައްޔާރުކޮށް، އަންނަ ބަދަލުތައް ނޯޓްކޮށް މަޢުލޫމާތު ފުރިހަމަ ކުރަމުން ގެންދިއުން.
  • ރާއްޖެއިން ބޭރުގައި ހުރި މި މިނިސްޓްރީގެ ހަވާލުގައިވާ ޕްރޮޕަރޓީތަކުގެ ރަޖިސްޓްރީ ހަދައި، އަންނަ ބަދަލުތައް ނޯޓްކޮށް މަޢުލޫމާތު ފުރިހަމަ ކުރަމުން ގެންދިއުން

އުޖޫރަ އާއި އިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކޮށްފި ނަމަ އިތުރު ގަޑީގެ ފައިސާ

ފިނޭންސް އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 ދެވޭނެއެވެ.

އާސަންދަ (ހެލްތް އިންޝުއަރެންސް)

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް:

  • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ
  • މަސައްކަތަށް ޝައުޤުވެރިކަން ހުރި މިންވަރު
  • އިނގިރޭސި އަދި ދިވެހި ކޮމްޕިއުޓަރަށް އަހުލުވެރިވާ މިންވަރު
  • މުޢާމަލާތް ކުރާ ގޮތް
  • ސާފުތާހިރުކަން     

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ފުރިހަމަކުރެވިފައިވާ އެޕްލިކޭޝަން ފޯމު (މި ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ).
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓް) އަދި ޓްރާންސްކްރިޕްޓް. ސެޓްފިކެޓް ލިބިފައިނުވާނަމަ މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑުން ދޫކުރާ ލިޔުން، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު.  
  • ވަނަވަރު / އައި.ޑީ ކާޑުގެ ކޮޕީ /ސްކޫލް ލީވިންގ ސެޓްފިކެޓް
  • ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އަދި ކުރަމުންގެންދާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (މި ލިޔުމުގައި މުވައްޒަފު އަދާކޮށްފައިވާ މަޤާމުތަކުގައި ހޭދަވި މުއްދަތު އަދި ކޮށްފައިވާ މަސައްކަތް އެނގޭގޮތަށް ހުށަހެޅުން). 

ސުންގަޑި:

03 މާރިޗު 2015 (އަންގާރަ) ދުވަހުގެ 14:30 ގެ ނިޔަލަށް.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3349171/3349335 ނަންބަރު ފޯނާއެވެ. މި މަޤާމަށް އިންޓަވިއު ކުރެވޭނީ މަޤާމުގެ ޝަރުޠު ހަމަވާ، ތަޢުލީމީ ފެންވަރު އެންމެ މަތީ 10 ފަރާތަކާއެވެ. އަދި ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް ފޯނުންގުޅައި އެކަން އެންގޭނެއެވެ. އަދި އިޢުލާންގެ މުއްދަތު ހަމަވާތާ 3 ހަފުތާގެ ތެރޭގައި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު އަދި ޕްރެކްޓިކަލް އާއި އިމްތިޙާނު ކުރުން މިމިނިސްޓްރީގައި ބޭއްވޭނެއެވެ.

 

 

19 ފެބުރުވަރީ 2015
ހޯދާ