މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު

މި މިނިސްޓްރީ އާއި މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ އޮފީސް ތަކުގައިމަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި ވަޒީފާތަކަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި، ޤާބިލު މީހުންނެވެ.

އޮފީސް

މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ، ކުޑަކުދިންގެ ހިޔާ، ވިލިނގިލި

މަޤާމު

ޑިރެކްޓަރ (ކުޑަކުދިންގެ ހިޔާ)

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: ޑިރެކްޓަރ

ރޭންކް:EX 1

މުސާރަ

މަހަކު -/8835 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

މަސައްކަތް ކުރަންޖެހޭތަން

ކުޑަކުދިންގެ ހިޔާ

ތަޢުލީމާއި ތަޖުރިބާ

  • އެޑްމިނިސްޓްރޭޝަން /މެނޭޖްމަންޓް/ސޯޝަލް ސައިންސްގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާޢްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 8 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • އެޑްމިނިސްޓްރޭޝަން /މެނޭޖްމަންޓް/ސޯޝަލް ސައިންސް ގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • އެޑްމިނިސްޓްރޭޝަން /މެނޭޖްމަންޓް/ސޯޝަލް ސައިންސް ގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ސޯޝަލް ސައިންސް ގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  • އެޑްމިނިސްޓްރޭޝަން /މެނޭޖްމަންޓު/ސޯޝަލް ސައިންސް ގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެންދާއިރާއަކުން ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ކުޑަކުދިންގެހިޔާ ގެ ބެލުމުގެ ދަށުގައި ތިބޭކުދިން އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނާއި، ދިވެހި ސަގާފަތާ އެއްގޮތްވާ ގޮތުގެ މަތިން ތަރުބިއްޔަތުކޮށް، ބެލެހެއްޓުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ބެލެހެއްޓުން.
  • ކުޑަކުދިންގެ ހިޔާގެ ބެލުމުގެ ދަށުގައި ތިބޭކުދިންނަށް ބޭނުންވާ އަސާސީ ޚިދުމަތްތަކާ ޙައްޤުތައް، ހެދިފައިވާ ގަވާއިދުތަކާއި، އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ހިންގާ ބެލެހެއްޓުން.
  • ކުޑަކުދިންގެ ހިޔާގެ އިމާރާތާއި، މެޝިނަރީޒް އާއި، ފަރުނީޗަރު މަރާމާތުކުރުމާއި ބެލެހެއްޓުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ހިންގާ ބެލެހެއްޓުން.
  • ކުޑަކުދިންގެ ހިޔާގައި ވަޒީފާ އަދާކުރާ މުވައްޒަފުންނާ ގުޅޭ އެންމެހައި މަސައްކަތްތައް، ހިންގާ ބެލެހެއްޓުން.
  • ކުޑަކުދިންގެ ހިޔާގެ ބަޖެޓުބެލެހެއްޓުމާ ގުޅިގެންކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރާވާ ހިންގާ ބެލެހެއްޓުން.
  • ކުޑަކުދިންގެ ހިޔާއަށް ހޯދަންޖެހޭ އެންމެހައި ތަކެތި ހޯދުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ބެލެހެއްޓުން.

މަޤާމު

އެސިސްޓެންޓް ކައުންސެލަރ

ބޭނުންވާ އަދަދު

02

މަގާމުގެ ކްލެސިފިކޭޝަން: އ.ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ރޭންކް: ޖީއެސް 4

މުސާރަ

މަހަކު -/5020 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

މަސައްކަތް ކުރަންޖެހޭތަން

ކުޑަކުދިންގެ ހިޔާ /އަމާންހިޔާ

ތަޢުލީމާއި ތަޖުރިބާ

  • ސޯޝަލް ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  • މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ
  • ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، ސޯޝަލްސައިންސްގެ ދާއިރާއަކުން ސެޓްފިކެޓް ލެވަލް 3 ފުރިހަމަކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ކުޑަކުދިންގެ ހިޔާގައި ތިބޭ ކުދިންނާ ގުޅޭ މައްސަލަތަކުގައި، ކުރަންޖެހޭ ހޯމްވިޒިޓް ކުރުމާއި މައްސަލައިގެ ހާލަތު  ދެނެގަތުމަށް ކުރަންޖެހޭ މަސައްކަތްތަކުގައި އެހީތެރިވެދިނުން.
  • ކުޑަކުދިންގެ ހިޔާ ގައި ތިބޭ ކުދިންގެ ރެކޯޑުތައް ގަވާއިދުން ބެލެހެއްޓުމާއެކު، ރިޕޯޓުތައް ތައްޔާރުކޮށް އިސް ބޭފުޅުންގެ ލަފަޔާއެކު ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.
  • ކުޑަކުދިންގެ ހިޔާ އާއި އަމާން ހިޔާގެ ކުދިންނާއި އަދި ޢާއިލާތަކާ އެކީ މަސައްކަތް ކުރުން.
  • ހުށަހެޅޭ މައްސަލަތަކުގެ ފައިލް ތައްޔާރުކޮށް އެ މައްސަލައެއްގައިހިމެނޭ ފަރާތެއްގެ ހިސްޓްރީ ތައްޔާރު ކުރުމަށްފަހު އެސެސްމަންޓްހަދަންޖެހިއްޖެ ހިނދެއްގައި އެސެސްމެންޓް ހަދައި، ކަމާގުޅޭދާއިރާތައްކަމަށްވާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފެމެލީ އެންޑް ޗައިލްޑްޕްރޮޓެކްޝަން ޑިޕާޓްމަންޓް، ޖުވެނައިލް ޖަސްޓިސް ޔުނިޓް، އަދި ފެމިލީކޯޓްފަދަ ސަރުކާރުގެ މުއައްސަސާތަކަށް އެއްބާރުލުން ދިނުމާއެކު، މައްސަލައާގުޅިގެން ފޮނުވަންޖެހޭ ރެފަރަލްތަކާއި އެސެސްމެންޓް ރިޕޯޓުތައް ލަސްނުކޮށްއެ ފަރާތްތަކަށް ފޮނުވުމާއެކު މައްސަލަ ކުރިއަށް ގެންދިއުން.
  • ހުށަހެޅޭ މައްސަލަތަކުގައި މިދާއިރާ އާ ގުޅުންހުރި ޤާނޫނުތަކާ ގަވާއިދުތަކާ އެއްގޮތަށް މަސައްކަތް ކުރުން
  • ކޭސް ކޮންފަރެންސްތަކުގައި ބައިވެރިވެ ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތަށް މަސައްކަތް ކުރުން.

މަޤާމު

ކައުންސެލަރ

މުސާރަ

މަހަކު -/5610 ރުފިޔާ

 ބޭނުންވާ އަދަދު

 1

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

 މަޤާމުގެ ކްލެސިފިކޭޝަން:އ. ޓެކްނިކަލް އޮފިސަރ ގްރޭޑް 1

 މަސައްކަތް ކުރަންޖެހޭތަން

ކުޑަކުދިންގެ ހިޔާ /އަމާންހިޔާ

ރޭންކް:

އެމް.އެސް 1

ތަޢުލީމާއި ތަޖުރިބާ

  • ސައިކޮލޮޖީ/ސޯޝޮލޮޖީ/ ކައުންސިލިން/ސޯޝަލް ވާރކްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • ސައިކޮލޮޖީ/ސޯޝޮލޮޖީ/ ކައުންސިލިން/ސޯޝަލް ވާރކްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  • ސައިކޮލޮޖީ/ސޯޝޮލޮޖީ/ ކައުންސިލިން/ސޯޝަލް ވާރކްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުނހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ހިޔާގައި އަދި އަމާންހިޔާގައި ދިރިއުޅެމުންދާ ކުދިންނަށް ބޭނުންވާ ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އެކުދިންނާ ބައްދަލުކޮށް ކައުންސެލިންގ ދިނުން.
  • ކުދިންނަށް ބޭނުންވާ ސަޕޯޓް ގްރޫޕްތައް ބޭއްވުމުގެ އިންތިޒާމްތައް ހަމަޖެއްސުމާއި ސަޕޯޓް ގުރޫޕު ކުރިއަށް ގެންދިއުން.
  • ހުށަހެޅޭ މައްސަލަތަކުގެ ފައިލް ތައްޔާރުކޮށް އެ މައްސަލައެއްގައިހިމެނޭ ފަރާތެއްގެ ހިސްޓްރީ ތައްޔާރު ކުރުމަށްފަހު އެސެސްމަންޓްހަދަންޖެހިއްޖެ ހިނދެއްގައި އެސެސްމެންޓް ހަދައި، ކަމާގުޅޭދާއިރާތައްކަމަށްވާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފެމެލީ އެންޑް ޗައިލްޑްޕްރޮޓެކްޝަން ޑިޕާޓްމަންޓް، ޖުވެނައިލް ޖަސްޓިސް ޔުނިޓް، އަދި ފެމިލީކޯޓްފަދަ ސަރުކާރުގެ މުއައްސަސާތަކަށް އެއްބާރުލުން ދިނުމާއެކު، މައްސަލައާގުޅިގެން ފޮނުވަންޖެހޭ ރެފަރަލްތަކާއި އެސެސްމެންޓް ރިޕޯޓުތައް ލަސްނުކޮށްއެ ފަރާތްތަކަށް ފޮނުވުމާއެކު މައްސަލަ ކުރިއަށް ގެންދިއުން.
  • ކުދިންގެ ނަފްސާނީ އަދި އިޖުތިމާޢީ ދުޅަހެޔޮކަން އިތުރުކޮށްދޭފަދަ ޕްރޮގްރާމްތައް ރާވާ ހިންގުން.
  • ކުދިންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް މަގުފަހިކޮށް ދިނުމަށްޓަކައި ސްޓާފުންނަށް އެކި ތަމްރީން ޕްރޮގްރާމްތައް ރާވާ ހިންގުން.   
  • ކުޑަކުދިންގެ ހިޔާ ގައިތިބޭ ކުދިންނާ ގުޅޭ މައްސަލަތަކުގައި، ކުރަންޖެހޭ ހޯމްވިޒިޓް ކުރުމާއި މައްސަލައިގެ ހާލަތު  ދެނެގަތުމަށް ކުރަންޖެހޭ މަސައްކަތްތަކުގައި އެހީތެރިވެދިނުން.
  • ކުޑަކުދިންގެ ހިޔާ ގައި ތިބޭ ކުދިންގެ ރެކޯޑުތައް ގަވާއިދުން ބެލެހެއްޓުމާއެކު، ރިޕޯޓުތައް ތައްޔާރު ކޮށް އިސް ބޭފުޅުންގެ ލަފަޔާއެކު ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.
  • މިނިސްޓްރީއާ ގުޅިގެން ހިންގަންޖެހޭ އެންމެހައި ޕްރޮގްރާމްތަކާއި ހަރަކާތްތައް ހިންގުމުގައި އެހީތެރިވެ ދިނުން. އަދި ކައުންސެލިން ސެޝަންތަކުގައި ބައިވެރިވެ އެހީތެރިވެދިނުން.
  • ހުށަހެޅޭ މައްސަލަތަކުގައި މިދާއިރާ އާ ގުޅުންހުރި ޤާނޫނުތަކާ ގަވާއިދުތަކާ އެއްގޮތަށް މަސައްކަތް ކުރުން.
  • ކޭސް ކޮންފަރެންސްތަކުގައި ބައިވެރިވެ ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތަށް މަސައްކަތް ކުރުން.

މަޤާމު

އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ

މުސާރަ

މަހަކު -/4000 ރުފިޔާ

 ބޭނުންވާ އަދަދު

 1

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

 މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް އޮފިސަރ ގްރޭޑް 2 

މަސައްކަތް ކުރަންޖެހޭތަން

ކުޑަކުދިންގެ ހިޔާ /އަމާންހިޔާ

ރޭންކް:

ޖީ.އެސް 2

ތަޢުލީމާއި ތަޖުރިބާ

  • މަޤާމުގެ މަސައްކަތާ ގުޅޭދާއިރާ އަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކެންޑެރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • މާލިއްޔަތު ގަވާއިދާ އެއްގޮތަށް ހޯދަންޖެހޭ ތަކެތި ހޯދުން.
  • ސްޓޮކަށް ހޯދަންޖެހޭ ތަކެތީގެ ލިސްޓެއް ހެދުމަށްފަހު ފުރަންޖެހޭ ފޯމުތައް ފުރިހަމަކޮށް ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ކުރިއަށް ގެންދިއުން.
  • ސްޓޮކަށް ބޭނުންވާތަކެތި އޯޑަރކޮށް، އެތަކެތި ގެންނަންޖެހޭ ތަންތަނުން ގެނެސް ސްޓޯރ ކީޕާރއާ ހަވާލުކުރުން.
  • ސްޓޯރ ކީޕަރާ ވާހަކަދައްކައިގެން ތަނަށް ބޭނުންވާތަކެތި ހުސްވިޔަނުދީ ބެލެހެއްޓުން.
  • އޮފީހަށް ބޭނުންވާ ލިޔެކިއުމާ ބެހޭ ސާމާނު ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން ހޯދައި ސްޓޮކް ކީޕަރާ ހަވާލުކުރުން.
  • ނުލިބޭ ބިލްތައް ހޯދައި ލިޔެކިޔުންތައް ހަމަކޮށް އެންޓްރީ ކުރުމަށްފަހު ބަޖެޓް ސެކްޝަނާ ހަވާލުކުރުން.
  • ކޮއްތައް ބޭނުންވާ ތަކެތި ހަފުތާއަކަށް ބޭނުންވާ ސްޓޮކްގަނެ ކައްކާ މީހުންނާ ހަވާލުކޮށް އަދި ދުވަހުން ދުވަހަށް ބޭނުންވާ ތަކެތި ގަނެ ކައްކާ މީހުންނާ ހަވާލުކުރުމާއި ކޮއްތުގެ ތަކެތީން ސްޓޮކް ކުރަންޖެހޭ ތަކެތި ގަނެ ސްޓޮކާ ހަވާލުކުރުން.
  • ކުޑަކުދިންގެ ހިޔާގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ލިޔެ ވެރިއަކަށް ދައްކާ، ފައިލް ކޮށް ބެލެހެއްޓުން.
  • ކުޑަކުދިންގެ ހިޔާގެ އެންޓްރީ ބެލެހެއްޓުމާއި ލިޔެކިޔުންތައް ފައިލްކޮށް ބެލެހެއްޓުން.

މަޤާމު

އެސިސްޓެންޓް ޗައިލްޑް ކެއަރ ވާރކަރ

ބޭނުންވާ އަދަދު

04

މަޤާމުގެ ކްލެސިފިކޭޝަން: އ. ޓެކްނިކަލްއޮފިސަރ ގްރޭޑް1

ރޭންކް GS3

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

މަސައްކަތް ކުރަންޖެހޭތަން

ކުޑަކުދިންގެ ހިޔާ ، ވިލިނގިލި

ތަޢުލީމާއި ތަޖުރިބާ

  • ސޯޝަލް ސައިންސް/ކައުންސެލިން/ޗައިލްޑްކެއަރ ވާރކްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަސައްކަތާއި ގުޅޭދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

ކުޑަކުދިންގެ ހިޔާ/އަމާންހިޔާގައި، ތިބޭ ކުދިންގެ އެންމެހައި ކަންތައްތައް (ކާންބޯންދިނުމާއި، ފެންވެރުވުމާއި،ސްކޫލަށްގެންދިއުންފަދަ) ބެލެހެއްޓުން.

ޢިނާޔަތްތައް

ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާލިބޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ )އެކްރިޑިޓް ނުކުރާ ސެޓްފިކޭޓް ހުށަހެޅި ކަމުގައިވިއަސް ބާޠިލުވާނެއެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ރެފްރީންގެ މަޢުލޫމާތުދީފައިވާނަމަ ރެފްރީންގެ ލިޔުން ވަނަވަރާއެކު ހުށަހަޅަންވާނެއެވެ. އަދި ވަނަވަރުގައި ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކިޔަންއެނގޭ ސާފު ކޮޕީ
  • ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިޢުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ވަޒީފާގެ ދާއިރާއާއިގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވި ކަމުގެ ލިއުންތައް.
  • ވަޒީފާއެއް އަދާކޮށްފައިވާނަމަ، ވަޒީފާއަދާކުރި ތަނަކުން އަދާކުރި ވަޒީފާގެ މުއްދަތު އެނގޭނޭ ލިޔުމެއް.

ސުންގަޑި

2015 މާރިޗު 09 ވާ ހޯމަ ދުވަހުގެ 02:30 ގެ ކުރިން މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ (ހުރަވީ ބިލްޑިންގ) އަށް / ކުޑަކުދިންގެ ހިޔާއަށް

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން: 

މި މަޤާމުތަކަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް އިންޓަރވިއު ކުރުން އޮންނާނީ މާރިޗު މަހުގެ ތެރޭގައެވެ. އިންޓަރވިއު އޮންނާނީ މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ، ހުރަވީ ބިލްޑިންގް ގެ ފުރަތަމަ ފަންގި ފިލާގައެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3013017 އެވެ. ވަޒީފާއަށް އެދޭ ފޯމު މިމިނިސްޓްރީގެ ކައުންޓަރުންނާއި ކުޑަކުދިންގެ ހިޔާއިން ލިބެން ހުންނާނެއެވެ.

22 ފެބުރުވަރީ 2015
ހޯދާ