މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރީސްކޫލް ޓީޗަރ - ދޮންބަންޑާރައިން ޕްރީސްކޫލް ވަޒީފާއަށް ފޯމް ހުށައަޅާ ސުންގަޑިއަށް ބަދަލު ގެނައުން

އިޢުލާން

ދޮންބަންދާރައިން ޕްރީސްކޫލަށް ޕްރީސްކޫލް ޓީޗަރެއް ހޯދުމަށް ކުރި އިޢުލާން – ސުންގަނޑިއަށް ބަދަލު ގެނައުން

މިކައުންސިލުން ހިންގާ ދޮންބަންޑާރައިން ޕްރީސްކޫލަށް ޓީޗަރެއް ހޯދުމަށް ކޮށްފައިވާ ނަމްބަރު:(IUL)334/334/2023/102 އިޢުލާނުގެ ސުންގަޑި އަކީ  10 ސެޕްޓެމްބަރ 2023 ކަމުގައިވީނަމަވެސް، 10 އަދި 11 ސެޕްޓެމްބަރ  މިދެދުވަހަކީ ސަރުކާރުން އަލަށް ކަނޑައަޅާފައިވާ ބަންދު ދުވަސްތަކެއް ކަމަށްވާތީ، މި އިޢުލާންނަށް ފޯރމް ހުށައަޅަން ޖެހޭ ސުންގަޑިއަކީ 13 ސެޕްޓެމްބަރ 2023 ގެ 13:00 ކަމުގައި ދަންނަވަމެވެ.

ވީމާ، މިވަޒީފާއަށް އެދި ފޯރމް ހުށައަޅާ ފަރާތްތަކުން 13 ސެޕްޓެމްބަރ 2023 ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން ކައުންސިލް އިދާރާއަށް ދުރުވެ ފޯރމް ހުށައެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރައްވަން ބޭނުންވާ ފަރާތްތަކުން މިއިދާރާގެ ފޯން 6640074 އާއި ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

12 ސެޕްޓެންބަރު 2023
ހޯދާ