މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ
ދިވެހިރާއްޖެ
ލީގަލް އޮފިސަރ

ވަޒީފާގެ ފުރުޞަތު

މަޤާމު

ލީގަލް އޮފިސަރ

ރޭންކް/ކްލެސިފިކޭޝަން

 CS 9-2/ ލީގަލް ސަރވިސް ޕްރޮފެޝަނަލްސް

ޑިޕާޓްމަންޓް/ސެކްޝަން

ލީގަލް އެންޑް މޮނިޓަރިންގ

ބޭނުންވާ އަދަދު

1

މުސާރަ

-/10،020 ރުފިޔާ

ސަރވިސް އެލަވަންސް

-/3،600 ރުފިޔާ

އެހެނިހެން އެލަވަންސާއި އުޖޫރަ

އެހެންވަޒީފާއެއް އަދާކުރުން މަނާކުރާތީދޭ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 އާއި، ސިވިލް ސާރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ތަޢުލީމާއި ތަޖުރިބާ

ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މައިގަނޑު  މަސްއޫލިއްޔަތު

  • މިނިސްޓްރީގެ ދާއިރާގެ ޤާނޫނުތަކާއި ގަވާއިދުތައް ހެދުމާއި، މިނިސްޓްރީގެ މަސައްކަތާ ގުޅިގެން ޤާނޫނީގޮތުން ލަފާދިނުމާއި، މީގެއިތުރުންވެސް ޤާނޫނީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަންކުރުން.
  • އިނގިރޭސިބަހުންނާއި ދިވެހިބަހުން އެގްރީމެންޓްތަކާއި، އެމް.އޯ.ޔޫ ތައްޔާރުކުރުން.
  • މިނިސްޓްރީން އަމަލުކުރަމުންދާ ޤާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން ހިންގާ މަސައްކަތްތަކާ ގުޅުންހުރި މައްސަލަތަކުގައި މީޑިޔާގައާއި އާންމުންގެ ތެރޭގައި އުފެދޭ ސުވާލުތަކާގުޅޭގޮތުން ޖަވާބުދާރީވުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ތަން

8 މާރިޗު 2015 ވާ އާދީއްތަ ދުވަހުގެ ދުވަހު 12.00 ގެ ކުރިން މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ (ބަންޑާރަކޮށި/އަމީރުއަހްމަދު މަގު) އަށް

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މިނިސްޓްރީގެ ކައުންޓަރުންނާއި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން ލިބެންހުންނާނެއެވެ).
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
  • ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަގޮތަށް ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭ ފަދަ ކޮޕީ.
  • ވަޒީފާއަށް އެދޭފަރާތަށް ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ).
  • ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން އަދި ޚިދުމަތުގައި ދެމިތިބި މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ، އެތަންތަނުގައި ވަޒީފާ އަދާކުރިގޮތުގެ ލިޔުންތައް. (ޚިދުމަތްކުރި މުއްދަތު އެނގޭގޮތަށް)

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ލިބިފައިވާ ތަމްރީނާއި މަސައްކަތު ތަޖުރިބާ
  • މަސައްކަތު އަޚުލާޤު
  • މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ހުންނަންޖެހޭ ޤާބިލުކަމާއި ހުނަރު
  • މަސައްކަތްކުރުމުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތައް
  • ކޮމިއުނިކޭޝަން ސްކިލްސް ނުވަތަ މަޢުލޫމާތު ލިޔުމުންނާއި އަނގަބަހުން އެހެންފަރާތްތަކަށް ފޯރުކޮށްދިނުމުގެ ހުނަރު.

އިންޓަވިއު ކުރުން

މިމަޤާމުތަކަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު އާއި ޕްރެކްޓިކަލް އަދި ޕްރެޒެންޓޭޝަން އޮންނާނީ 11 މާރިޗު 2015 އިން ފެށިގެން މި މިނިސްޓްރީގައެވެ. އަދި އިންޓަވިއު އޮންނަ ތާރީޚުގެ 2 ދުވަސް ކުރިން އެމީހަކަށް އެންގޭނެއެވެ.

ނޯޓް: މިވަޒީފާއަށް އެދިލައްވާފައިވާ ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރަށާއި ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އަދި އިންޓަވިއު ކުރާނީ ޝޯޓް ލިސްޓް ކުރެވުނު 10 ފަރާތާއެވެ.

މަސައްކަތްކުރަންޖެހޭ ތަން

މި މަޤާމުތަކުގައި ވަޒީފާ އަދާކުރާމުވައްޒަފުން އާންމުގޮތެއްގައި މަސައްކަތްކުރަންޖެހޭނީ މާލޭގައެވެ.

އިތުރު މަޢުލޫމާތު

މި އިޢުލާނާގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3342967، 3313724 ނަންބަރު ފޯނާއެވެ.

3 ޖުމާދަލްއޫލާ 1436

22 ފެބުރުވަރީ 2015
ހޯދާ