މަޤާމު
|
ޕްރޮގްރާމް އޮފިސަރ
|
މުއްދަތު
|
1 އަހަރު
|
މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން
|
އެމް. އެސް 2، ސީނިއަރ އޮފިސަރ ގްރޭޑް 2
|
މުސާރައާއި އިނާޔަތްތައް
|
މުސާރަ: -/6295 ރ ، ސަރވިސް އެލަވަންސް: -/2000 ރ
(އިތުރު ގަޑީގައި ކުރާމަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.)
|
ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން
|
މާލެ / މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ / އެންވަޔަރަންމަންޓް ޑިޕާޓްމަންޓް
|
ބޭނުންވާ އަދަދު
|
01
|
ޝަރުޠު
|
- ތިމާވެށީގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ތިމާވެށީގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- ތިމާވެށިގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ތިމާވެށީގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- ތިމާވެށީގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ހާސިލުކޮށްފައިވުން. ނުވަތަ،
- ތިމާވެށީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުން ހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.
|
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- މޮންޓްރިއަލް ޕްރިޓޮކޯލްގެ ދަށުން ހިންގާ ޕްރޮޖެކްޓްތައް އިމްޕްލިމެންޓް ކުރުމަށް ކުރަންޖެހޭ ތިރީގައިމިވާ މަސައްކަތްތައް ކުރުން.
- އެވެއަރނަސް ވަރކްޝޮޕްތަކާއި ސެމިނަރތައް ބޭއްވުމަށްޓަކައި ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން.
- ވަރކްޝޮޕް ސެމިނަރތަކުގެ ރިޕޯޓް ތައްޔާރުކުރުން.
- އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާތައް އެތެރެކުރުމަށް ބޭނުންވާ ހުއްދަ ފޯމު ތައްޔާރުކޮށް ރެޖިސްޓްރީ ބެލެހެއްޓުން.
- ޕްރޮޖެކްޓްތަކުންކުރެވޭ ޚަރަދުތަކާ ގުޅޭ އެންމެހައި ލިޔެކިޔުންތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.
- އޯ.ޑީ.އެސް. ޑޭޓާބޭސް އަޕްޑޭޓްކޮށް ބެލެހެއްޓުން.
- ޕްރޮޖެޖްޓާގުޅޭ އެންމެހާ ލިޔެކުޔުންތައް ފައިލުކޮށް ބެލެހެއްޓުން.
- އޯޒޯން ޔުނިޓުން ހިންގާ އެންމެހައި ކަންތައްތަކާ ގުޅިގެން ބޭރުން އަންނަ ފަރާތްތަކުގެ ލޮޖިސްޓިކްސް ބެލެހެއްޓުން. (ކަމާބެހޭ ދާއިރާތަކުގެ ބޭފުޅުންނާ ބައްދަލުވުންތަކާ ކޮންސަލްޓަންޓުގެ އެކަމޮޑޭޝަން ފަދަ ކަންކަން ހަމަޖެއްސުން)
- އެވެއަރނަސް މެޓީރިއަލްސް ތައްޔާރުކޮށް ކަމާގުޅޭ ފަރާތްތަކަށް ފޯރުކޮށްދިނުން.
- ތިމާވެށްޓާ ގުޅުންހުރި ދުވަސްތައް ފާހަގަކުރުމުގައި އެހީތެރިވުން.
|
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3018330، 3018329، 3018328 އަށް ގުޅުއްވުން އެދެމެވެ.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:
- އާންމުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމުތައް ހިންގާފައިވާ މިންވަރު.
- އިވެންޓްތައް ރާއްވާ ހިންގުމުގައި ތަޖުރިބާ ލިބިފައިވާ މިންވަރު.
ވަޒީފާއާއި ބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު އަދި މާލިއްޔަތާ ބެހޭ ގަވާއިދަށް އަހުލުވެރިވެފައިވާ މިންވަރު.
|
ހުށަހަޅަންޖެހޭ ތަކެތި:
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ.
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
- މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށްބަލައި 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.
|
- ސުންގަޑި: 08 މާރިޗު 2015 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަށް.
- އިންޓަރވިއު، ޕްރެކްޓިކަލް އާއި އިމްތިޙާން ކުރުން 9 މާރިޗު 2015 އާއި 31 މާރިޗު 2015 ދޭތެރޭގައި މި މިނިސްޓްރީގައި އޮންނާނެއެވެ.
|
07 ޖުމާދަލްއޫލާ 1436
|