ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު - އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް

 

މަޤާމު:

އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް

މަޤާމުގެ ނަންބަރު:

(J-378767)

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް. އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ޑިރެކްޓަރ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ (ޓްރެއިނިން ޑިވެލޮޕްމަންޓް ޔުނިޓް)

މުސާރަ:

މަހަކު -/7035 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2000 ރުފިޔާ

އެހެނިހެން އެލަވަންސް:

 

1- ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި މަހަކު، 900.00 ރުފިޔާ.

2- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދޭ ޕެންޝަން ކޮންޓްރިބިއުޝަން.

3- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އަދި ރަމަޟާންމަހުގެ ޢިނާޔަތު ފައިސާ.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އަތޮޅު ކައުންސިލްގެ ތަރައްޤީ ޕްލޭނަށް ބިނާކޮށް ހިއުމަން ރިސޯސް ސްޓަރަކްޗަރ އަދ ހިއުމަން ރިސޯސް ޕްލޭން އެކުލަވާލުން
  2. އަތޮޅު އަދި ރަށު ކައުންސިލްތަކުގެ މުވައްޒަފުންގެ ޕާރފޯރމަން އެޕްރައިޒަލް އަށާއި އަދި އަތޮޅު ކައުންސިލްގެ ތަރައްޤީ ޕްލޭނަށް ބިނާކޮށް ޓްރޭނިންގ ނީޑް އެނާލިސިސް ހެދުން
  3. ޓްރޭނިންގ ނީޑް އެނަރލިސިސް އަށާއި ޓްރޭނިންގ ރިކުއަރމަންޓާ އެއްގޮތަށް އަތޮލު އަދި ރަށު ކައުންސިލްތަކުގެ މުވައްޒަފުންނަށް ދޭންޖެހޭ ތަމްރީނުތައް ރާވާ ހިންގުން
  4. މުވައްޒަފުންނަށް ބޭނުންވާ ޓްރެއިނިންގތައް ފާހަގަކޮށް، ޓްރެއިނިންގ ނީޑް އެކުލަވާލައި މުވައްޒަފުންގެ ޓްރެއިނިންގ ރެކޯޑްސް ބެލެހެއްޓުން.
  5. ސިވިލް ސަރވިސް ޓްރެއިނިން އިންސްޓިޓިއުޓާއި ގުޅިގެން މުވައްޒަފުންނަށް ދޭން ޖެހޭ ތަމްރީން ޕްްރޮގްރާމްތައް ދެނެގަނެ ތަމްރީން ޕްރޮގްރާމްތައް ރާވާ ހިންގުން
  6. އަތޮޅު ކައުންސިލްގެ އެކިއެކި ވަޒީފާތަކަށް ބޭނުންވާ ހުނަރާއި ޤާބިލުކަން ދެނެގަންނާނެ ޓޫލްސް އަދި ޗެކްލިސްޓް އެކުލަވާލުން
  7. އަތޮޅު ކައުންސިލްގެ ތަޞައްވުރަށް އިންސާނީ ވަސީލަތް ބިނާކުރުމާއި، މުވައްޒަފުން ހޯދުމަށް މަސައްކަތް ރާވައި ހިންގައި ބެލެހެއްޓުން
  8. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާ ކައުންސިލްގެ ނިންމުންތައް ތަންފީޒްކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް އެއްބާރުލުންދީ ޖަވާބުދާރީވުން.
  9. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.

މަޤާމުގެ ޝަރުޠުތައް:

1- މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

 ނުވަތަ،

2- މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.

 ނުވަތަ،

3- މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.

 

4-      ގުޅޭ ވަޒީފާގެ ދާއިރާތައް.

  • އެޑްމިނިސްޓްރޭޝަން
  • މެނޭޖްމަންޓް
  • ·    ތަޢުލީމީ ރޮނގުތައް:
  • އެކައުންޓިންގ   
  • އެޑްމިނިސްޓްރޭޝަން   
  • އެގްރިކަލްޗަރަލް ސައިންސް   
  • އެންތްރޯޕޮލޮޖީ   
  • އާކިޓެކްޗަރ   
  • ބިޒްނަސް   
  • ބިޒްނަސް އެޑްމިނިސްޓްރޭޝަން   
  • ބިޒްނަސް މެނޭޖްމަންޓް   
  • ސިވިލް އިންޖިނިއަރިންގ   
  • ކޮމާސް   
  • ކޮމިޔުނިޓީ ޑިވެލޮޕްމަންޓް   
  • ކޮމްޕިއުޓަރ ސައިންސް   
  • ކައުންސިލް އެޑްމިނިސްޓްރޭޝަން   
  • ކަލްޗަރ އެންޑް ހެރިޓޭޖް   
  • ޑިމޮގްރަފީ   
  • ޑިވެލޮޕްމަންޓް ސްޓަޑީޒް   
  • އިކޮނޮމިކްސް   
  • އެޑިއުކޭޝަން   
  • އެންވަޔަރަންމެންޓަލް ސައިންސް   
  • ފައިނޭންސް   
  • ގަވަރނަންސް   
  • ގަވަރނަންސް އެންޑް ޑިވެލޮޕްމަންޓް   
  • ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް   
  • ހިއުމަން ރިސޯސް   
  • އިންފޮމޭޝަން ޓެކްނޮލޮޖީ   

 

  • ލޯ   
  • ލީޑަރޝިޕް   
  • ލައިބްރަރީ ސައިންސް   
  • ލޯކަލް ގަވަރނަންސް   
  • މެނޭޖްމަންޓް   
  • މެރިން ސައިންސް   
  • މާކެޓިންގ   
  • އޮފީސް އެޑްމިނިސްޓްރޭޝަން   
  • ޕޮލިސީ ސްޓަޑިޒް  
  • ޕޮލިޓިކަލް ސައިންސް   
  • ޕްރޮޖެކްޓު މެނޭޖުމަންޓު   
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން   
  • ޕަބްލިކް މޭނޭޖްމަންޓް   
  • ޕަބްލިކް ޕޮލިސީ   
  • ޕަބްލިކް ރިލޭޝަންސް   
  • ޝަރީޢާ އެންޑް ލޯ   
  • ސޯޝަލް ސައިންސް   
  • ސޯޝަލް ވޯރކް   
  • ސޯޝިއޮލޮޖީ   
  • ސްޕޯޓްސް މެނޭޖްމަންޓް   
  • ސްޓެޓިސްޓިކްސް   
  • ސްޓްރަކްޗަރަލް އިންޖިނިއަރިންގ   
  • ސަސްޓެއިނަބްލް ޑިވެލޮޕްމަންޓް   
  • އަރބަން ޕްލޭނިންގ   
  • އާބަން ސްޓަޑީޒް   
  • އިންޓަނޭޝަނަލް ރިލޭޝަންސް   

 

  • ·  ޕްރިފަރްޑް ޑިސިޕްލިން
  • އެކައުންޓިންގ   
  • އެޑްމިނިސްޓްރޭޝަން   
  • އެގްރިކަލްޗަރަލް ސައިންސް   
  • އެންތްރޯޕޮލޮޖީ   
  • އާކިޓެކްޗަރ   
  • ބިޒްނަސް   
  • ބިޒްނަސް އެޑްމިނިސްޓްރޭޝަން   
  • ބިޒްނަސް މެނޭޖްމަންޓް   
  • ސިވިލް އިންޖިނިއަރިންގ   
  • ކޮމާސް   
  • ކޮމިޔުނިޓީ ޑިވެލޮޕްމަންޓް   
  • ކޮމްޕިއުޓަރ ސައިންސް   
  • ކައުންސިލް އެޑްމިނިސްޓްރޭޝަން   
  • ކަލްޗަރ އެންޑް ހެރިޓޭޖް   
  • ޑިމޮގްރަފީ   
  • ޑިވެލޮޕްމަންޓް ސްޓަޑީޒް   
  • އިކޮނޮމިކްސް   
  • އެޑިއުކޭޝަން   
  • އެންވަޔަރަންމެންޓަލް ސައިންސް   
  • ފައިނޭންސް   
  • ގަވަރނަންސް   
  • ގަވަރނަންސް އެންޑް ޑިވެލޮޕްމަންޓް   
  • ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް   
  • ހިއުމަން ރިސޯސް   
  • އިންފޮމޭޝަން ޓެކްނޮލޮޖީ   

 

  • ލޯ   
  • ލީޑަރޝިޕް   
  • ލައިބްރަރީ ސައިންސް   
  • ލޯކަލް ގަވަރނަންސް   
  • މެނޭޖްމަންޓް   
  • މެރިން ސައިންސް   
  • މާކެޓިންގ   
  • އޮފީސް އެޑްމިނިސްޓްރޭޝަން   
  • ޕޮލިސީ ސްޓަޑިޒް  
  • ޕޮލިޓިކަލް ސައިންސް   
  • ޕްރޮޖެކްޓު މެނޭޖުމަންޓު   
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން   
  • ޕަބްލިކް މޭނޭޖްމަންޓް   
  • ޕަބްލިކް ޕޮލިސީ   
  • ޕަބްލިކް ރިލޭޝަންސް   
  • ޝަރީޢާ އެންޑް ލޯ   
  • ސޯޝަލް ސައިންސް   
  • ސޯޝަލް ވޯރކް   
  • ސޯޝިއޮލޮޖީ   
  • ސްޕޯޓްސް މެނޭޖްމަންޓް   
  • ސްޓެޓިސްޓިކްސް   
  • ސްޓްރަކްޗަރަލް އިންޖިނިއަރިންގ   
  • ސަސްޓެއިނަބްލް ޑިވެލޮޕްމަންޓް   
  • އަރބަން ޕްލޭނިންގ   
  • އާބަން ސްޓަޑީޒް   
  • އިންޓަނޭޝަނަލް ރިލޭޝަންސް   

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.

4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުތު ހަމަވުން ( 30 ޕަސަންޓް)

އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމް (5 ޕަސަންޓް)

ކޯ ނުވަތަ ފްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް (5 ޕަސަންޓް)

އަސާސާ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ (05 ޕަސަންޓް)

އެސެސްމަންޓް (އިމްތިހާން އަދި ޕްރެކްޓިކަލް) ( 15 ޕަސަންޓް)

ޕްރެސެންޓޭޝަން (10 ޕަސަންޓް)

އިންޓަރވިއު ( 30 ޕަސަންޓް)

ނޯޓް: މަޤާމަށް އައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ 60%(ފަސްދޮޅަސް) އިންސައްތައަށް ވުރެ މަތިވާން ޖެހޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

 

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 24 ސެޕްޓެންބަރު 2023 ގެ 14:00 ގެ ކުރިން، (ހދ.އަތޮޅު ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އެޗްއާރް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓްކުރުން:

 

 

މިވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަކަށް ވުރެ ގިނަނަމަ ،ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތްތައް ޝޯޓްލިސްޓްކުރެވޭނެއެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު  އާއި އިމްތިޙާން އޮންނާނީ، 01 އޮކްޓޫބަރު 2023 އާއި 19 އޮކްޓޫބަރު 2023 އާއި ދެމެދު ހދ.އަތޮޅު ކައުންސިލްގެ އިދާރާ ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6521687، 6521686 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" ((https://www.csc.gov.mv/Policy/Index/51)އިން ލިބެން ހުންނާނެއެވެ.

 

 

12 ސެޕްޓެންބަރު 2023
ހޯދާ